ޚަބަރު

ނާއިބުރައީސް، ޔޫއެފާ އެސިސްޓް މުބާރާތް ޝަރަފްވެރިކޮށްދެއްވައިފި


އައްޑޫ ސިޓީގައި ބާއްވާ 15 އަހަރުންދަށުގެ ޔޫއޭފާ އިންޓަރނޭޝަނަލް ޓޯނަމެންޓްގައި ދިވެހިރާއްޖެއާއި ބޫޓާން ބައްދަލުކުރި މެޗް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

15 އަހަރުން ދަށުގެ ޔޫއޭފާ އިންޓަރނޭޝަނަލް ޓޯނަމެންޓަކީ ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި ފުޓުބޯޅައިގެ ދާއިރާއިން ކުޅުންތެރިން ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާ އެއްގޮތަށް ޔޫއޭފާއާއި ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް ގުޅިގެން ބާއްވާ މުބާރާތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއާ ބޫޓާން މިއަދު ކުޅުނު މެޗް ބައްލަވައިލައްވައި ރާއްޖޭގެ ޓީމަށް ހިތްވަރުދެއްވާފައެވެ. މި މެޗު 2-1 ގެ ތަފާތަކުން ކާމިޔާބު ކުރީ ބޫޓާންގެ ޓީމެވެ.
މިއީ ރާއްޖޭގައި ޔޫރަޕް ޤައުމަކުން މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބޫޓާނާއި، ލަޓްވިއާއާއި، ސަޢުދީ ޢަރަބިއްޔާގެ ޓީމުތައް ބައިވެރިވެއެވެ.