 
					
									
			މޮރިޝަސްގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވާ ދިވެހި ޓީމުތަކަށް ހިތްވަރު ދެއްވުމުގެ ގޮތުން ރާއްޖޭގެ ކުޅުންތެރިން ބައިވެރިވި ބައެއް ކުޅިވަރުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވައިލައްވައިފިއެވެ. 
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުޅިވަރުތައް މޮރިޝަސްގައި މިއަދު ކުރިޔަށްދިޔައިރު ރާއްޖޭގެ ވޮލީޓީމާއި ޓޭބަލް ޓެނިސް ޓީމްގެ މެޗްތައް ކުރިޔަށްދިޔައިރު ރައީސްގެ ދެކަނބަލުން ވަނީ އެތަނަށް ވަޑައިގެން  މެޗްތައް ބައްލަވައިލައްވައި ކުޅުންތެރިންނަށް ހިތްވަރުދެއްވާފައެވެ. 
މިއަދު ކުރިޔަށްދިޔަ ފިރިހެނުންގެ ބީޗް ވޮލީ މެޗްގައި ބައްދަލުކުރީ ރާއްޖޭގެ ޓީމާއި ރީޔޫނިއަން އައިލެންޑްގެ ޓީމެވެ. އަދި އަންހެނުންގެ ޓޭބަލް ޓެނިސް މެޗްގައި ރާއްޖެއާއި ބައްދަލުކޮށްފައި ވަނީ މޮރިޝަސް ޓީމެވެ. ބީޗްވޮލީގައި ރާއްޖޭގެ ފިރިހެން ޓީމަށް ނާކާމިބުވީ ނަމަވެސް ޓީޓީއިން ރާއްޖޭގެ ޓީމުވަނީ ސެމީ ފައިނަލުން  ޖާގަ ހޯދާފައެވެ.