ކުޅިވަރު

ސަރަހައްދީ ބޮޑީ ބިލްޑިން މުބާރާތުގެ ޖޫނިއަރ ކެޓަގަރީން މާހިލް ރަން މެޑަލް ހޯދައިފި


މިހާރު ކުރިޔަށްދާ 12 ވަނަ ސައުތް އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕްގެ ޖޫނިއަރ މެންސް ކެޓަގަރީން ރާއްޖޭގެ އެތްލީޓް އަޙުމަދު މާހިލް ރަން މެޑަލް ހޯދައިފި އެވެ.

ނޭޕާލްގެ ކަތަމަންޑޫގައި ކުރިޔަށްދާ މި މުބާރާތުގައި މާހިލް ރަން މެޑަލް ހޯދީ އިންޑިއާ، އަފްގާނިސްތާން އަދި ނޭޕާލްގެ ބޮޑީ ބިލްޑަރުންނާއި ވާދަކޮށެވެ. ޖޫނިއަރ މެންސް ކެޓަގަރީން އަޒްނީން ރަން މެޑަލް ހޯދިއިރު މި މުބާރާތުގެ 170 ސީއެމް ގެޓަގަރީން ރާއްޖޭގެ އެތްލީޓް އަޒްނީން ރަޝީދުވެސް ވަނީ ރަން މެޑަލް ހޯދާފައި އެވެ. އަޒްނީން ރަން މެޑަލް ހޯދީ އަފްގާނިސްތާން، ނޭޕާލް އަދި އިންޑީއާގެ ބޮޑީ ބިލްޑަރުންނާއި ވާދަކޮށެވެ.

އަދި މީގެ އިތުރުން މި މުބާރާތުގެ 55 ކިލޯގެ ކެޓަގަރީން ރާއްޖޭގެ މުޙައްމަދު މޫސާވެސް އިއްޔެ ވަނީ ރަން މެޑަލް ހޯދާފައެވެ.

އެހެން ދެ އެތްލީޓުން މިއަދު ވަނީ ލޯ މެޑަލްވެސް ހޯދާފައެވެ. އެއީ އަހުމަދު ފަޒީލްއާއި، ފަތުހުﷲ މުޙައްމަދެވެ. ފަޒީލްލޯ މެޑަލް ހޯދީ އެތްލެޓިކް ފިޒީކް ކެޓަގަރީންނެވެ. ފަތުހުﷲ ލޯ މެޑަލް ހޯދީ 167ސމ. ކެޓަގަރީންނެވެ.

މިމުބާރާތުގައި ރާއްޖެއިން އެކިއެކި ކެޓަގަރީތަކުގައި 7 ބޮޑީބިލްޑަރުން ވާދަކުރުމަށްވަނީ ހަމަޖެހިފަ އެވެ. 12 ވަނަ ސައުތް އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕް މިމުބާރާތުގައި ވާދަކުރަނީ އަފްޣާނިސްތާން، ބޫޓާން، ބަންގަލްދޭޝް، އިންޑިޔާ، ނޭޕާލް އަދި ޕާކިސްތާންގެ އިތުރުން ސްރީލަންކާ އެވެ.