ވިޔަފާރި

ހުޅުމާލޭގެ ބައެއް ތަންތަން ވިޔަފާރިއަށް ހުޅުވާލަނީ


ރެނާޓަސްއާއި ސެންތްރޯ މޯލް ހިމެނެހޭހެން ހުޅުމާލޭގެ ބައެއް ތަންތަނުގައި ވިޔަފާރި ފެށުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފިއެވެ.

ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ވަނީ 6 ތަނެއްގައި ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެއީ "ސެންތްރޯ މޯލް" އިން 2 ތަން، "ރެނާޓަސް އިތާމުތް" އިން 1 ތަން، ކޮމާޝަލް ބްލޮކުން "އީ" އިން އެއް ތަން، ވެޔަހައުސް ޝެލް-1 އިން 2 ތަނެވެ.

މިތަންތަނުގައި ހެދުން ފަދަ ތަކެތި ވިއްކާ ފިހާރަ ހިންގުމާއި ނުވަތަ އެހެން ބާވަތެއްގެ މުދާ ވިއްކާ ފިހާރައެއް ނުވަތަ އޮފީހެއް ހިންގޭނެކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ "ސެންތްރޯ މޯލް"އިން ކުއްޔަށް ދޫކުރާ ތަނާއި ވެޔަހައުސް ޝެލް-1 އަދި ގަރާޖް ޔުނިޓުން ކުއްޔަށްދޭން ހަމަޖެފައިވަނީ 5 އަހަރުދުވަހުގެ މުއްދަތަކަށްކަމަށެވެ. އެޗްޑީސީން ނެރެފައިވާ ޢިއުލާންގައި ދެން ހިމެނޭ ހުރިހާ ތަނެއްވެސް ކުއްޔަށްދޭން ހަމަޖެހިފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މިތަންތަން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން މިހާރު ވަނީ ހުޅުވާލާފައެވެ.