ކުޅިވަރު

ލުކާކޫ ގަތުމަށް އިންޓަރ މިލާނުން 60 މިލިއަން ޕައުންޑް ހުށަހަޅައިފި


މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ރޮމެލޫ ލުކާކޫ ގަތުމަށް 60 މިލިއަން ޕައުންޑް ހޭދަކުރަން އިންޓަމިލާނުން ނިންމައިފިއެވެ.

މަޝްހޫރު ކުޅިވަރު ޗެނަލް އީ.އެސް.ޕީ.އެނުން ބުނާ ގޮތުގައި، 60 މިލިއަން ޕައުންޑް އިތުރުންވެސް އިތުރު އިނާޔަތްތައް މެންޗެސްޓަރ އަށް ދިނުމަށް އިންޓަރއިން ވަނީ ހުށަހަޅާފައެވެ.

އިންޓަރ މިލާނުން ލުކާކޫ ގަންނަން ބޭނުންވަނީ، އެ ކުލަބުގެ އާޖެންޓީނާގެ ފޯވަޑް މައުރޯ އިކާޑީގެ ބަދަލުގައެވެ. އޭނާ ޓީމުގައި ނުހިމެނުމަށް އިންޓަރ އިން ވަނީ ނިންމާފައެވެ. އެއީ މިދިޔަ ސީޒަނުގެ ފަހުކޮޅު ޖެހުނު އަޚުލާޤީ މައްސަލަތަކާ ގުޅިގެންނެވެ. މިހެންކަމުން ކެޕްޓަން ބޭންޑް ވެސް ވަނީ އޭނާގެ އަތުން އަތުލާފައެވެ.

އާ ސީޒަނަށް ތައްޔާރުވުމަށް އިންޓަރއިން ކުރާ ދަތުރުތަކުގައިވެސް އިކާޑީ ބައިވެރިނުކުރާނެ އެވެ. އެހެން ނަމަވެސް ވިއްކާލަން ނިންމާފައިވާ މިޑްފީލްޑަރު ރަޖާ ނައިންގޯލަން ވަނީ ޓީމުގައި ހިމަނާފައެވެ.