ޚަބަރު

ގާޒީ ހަސަން ސައީދުގެ އަޑުއެހުން މިއަދު ހުޅުވާލައިގެން


ފެމެލީ ކޯޓްގެ އިސްގާޒީ ހަސަން ސައީދާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަމުންދާ މައްސަލަގައި ބާއްވާ އަޑުއެހުމެއް މިއަދު އޮންނާނެއެވެ.

ހުޅުވާލައިގެން ކުރިޔަށް ގެންދާ މި އަޑުއެހުން އޮންނާނީ މިއަދު މެންދުރު 01:45 ގައެވެ. އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޕޯސްޓް ބިލިޑިންގެ ހަވަނަ ފަންގިފިލާގައެވެ.

ހަސަން ސައިދުގެ މައްޗަށް ހުށައެޅިފައިވާ މައްސަލަ ބަލަމުން އަންނައިރު ޖޭއެސްސީން ވަނީ ހަސަން ސައީދު މިދިޔަ މަހުގެ 12 ވަނަ ދުވަހު ސަސްޕެންޑުކޮށްފައެވެ.

ހަސަން ސައީދުގެ މައްޗަށް ހުށައަޅާފައިވާ ސުލޫކީ ދެ މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެހެންނަމަވެސް އެ މައްސަލަތަކުގެ ތަފުސީލެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

ފެމެލީ ކޯޓްގެ ިއސްގާޒީގެ މަޤާމުގައި ހުންނެވި ހަސަން ސައީދުގެ މައްޗަށް ހުށައެޅުނު މައްސަލައެއްގައި މީޣެކުރިންވެސް އެނާ ސަސްޕެންޑްކޮށްފައިވއެވެ. ގިނަ ދުވަސްތަކެއް ސަސްޕެންޝަންގައި ބެހެއްޓުމަށް ޖޭއެސްސީ ފަހުން ވަނީ އެ ސަސްޕެންޝަން އުވާލާފައެވެ.

ޖޭއެސްސީން ވަނީ ސުޕްރީމްކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ހުށައެޅިފައިވާ މައްސަލާގެ އަޑުއެހުމެއްވެސް ހުޅުވާލައިގެން ކުރިޔަށް ގެންގޮސްފައެވެ.