ޚަބަރު

ކަޅުތުއްކަލާ ކޮށީގައި ކުރިއަށްދާ ތަމްރީނުގައި ބަޑިޖެހުމުގެ ޙަރަކާތްތަކެއް ކުރިއަށްދާނެ- އެމްއެންޑީއެފް


މާލޭ ކަޅުތުއްކަލާ ކޮށީގައި މިއަދު ސިފައިން ކުރިއަށްގެންދާ ތަމްރީނުތަކެއްގައި ބަޑި ޖެހުމުގެ ޙަރަކާތެއް ކުރިއަށްދާނެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް އެމްއެންޑީއެފް އިން ބުނީ މި ޙަރަކާތް ކުރިއަށްދާނީ މިއަދު ހެނދުނު 10:30ން މެންދުރުފަހު 2:00 ކަމަށެވެ.

ސިފައިންގެ އަސްކަރީ ޤާބިލުކަން ވަރުގަދަކޮށް އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަ ކުރުމަށް ސިފައިން ދަނީ ތަފާތު ޙަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ދާދިފަހުން ޤައުމީ ދިފާޢީ ބާރުތައް ގުޅިގެން ގޮވާތަކެއްޗާއި ބަރު ހަތިޔާރާއި އެކު މާލެއާއި އެކި އަތޮޅުތަކުގައިވެސް ވަނީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ.