ޚަބަރު

ނާއިބް ރައީސް ފައިސަލް ނަސީމް އައްޑޫސިޓީއަށް ވަޑައިގެންފި


ނާއިބް ރައީސް ފައިސަލް ނަސީމް އައްޑޫސިޓީއަށް ވަޑައިގެންފިއެވެ.

އައްޑޫސިޓީއަށާއި ފުވައްމުލައް ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫސިޓީއަށް ނާއިބް ރައީސް ފައިސަލް ނަސީމް ވަޑައިގެންފައިވަނީ މިއަދު ހެނދުނު 8:00 ހާއިރުއެވެ. މިދަތުރުފުޅުގައި ނާއިބް ރައީސްގެ އަރިހުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއި އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން އާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެޑައިގަންނަވައެވެ.

ނާއިބް ރައީސަށް ގަމުގެ ވައިގެ ބަނދަރުން މަރުހަބާ ދެންނެވީ އައްޑޫ ސިޓީ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް އާއި ކައުންސިލް މެންބަރުންނާއި އަައްޑޫގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނެވެ.

ނާއިބް ރައީސް އައްޑޫސިޓީއަށް ކުރައްވާ މިދަތުރުފުޅުގައި، ހުޅުމީދޫ ބޮޑު މަގު ހެދުމުގެ މަޝްރޫއާއި އައްޑޫސިޓީގެ ނަރުދަމާ މަޝްރޫއާއި ކޮންވެންޝަން ސެންޓަރުގައި ހަދާ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާ ލެއްވުމަށް ވަނީ ހަމަޖެހިފައެވެ.