ޚަބަރު

އުމުރުން ދުވަސްވީ އަންހެނަކު ވައިގޮޅިއަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް


މާލޭގެ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ ވައިގޮޅިއަކުން 70 އަހަރުގެ އަންހެންނަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 1:30 ހާއިރުކަމަށް ފުލުހުން މަޢޫލޫމާތު ދެއްވައެވެ.

މިހާދިސާގައި އަންހެންމީހާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް ކަނާތު ފައިގެ ފަލަމަސްގަނޑާ ހަމައިން ބިދިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. ފުލުހުން ބުނީ އަންހެން މީހާ ވެއްޓިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމުން، ވައިގޮޅިން ނަގައިގެން އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާއެކުގައެވެ.

ފުލުހުން ވިދާޅުވީ އަންހެން މީހާ ވެއްޓުނު ގޮތް ތަޙްޤީގުކުރަމުންދާކަމަށެވެ.