ޚަބަރު

ނިޔާޒާއެކު 65 މީހުން އޭސީސީއަށް ކުރިމަތިލައިފި


އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމާއި އެކު ގިނަ ބަޔަކު ކުރިމަތިލައިފިއެވެ. އެސީސީގެ ދައުރު ހަމަވާތީ އެކޮމިޝަނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 65 މީހަކު ވަނީ ނަން ހުށައަޅާފައެވެ.

މި ނަންތަކުގެ ތެރެެއިން 12 ނަމެއް ރައީސް އޮފީހުން ވަނީ ޝޯޓް ލިސްޓުކޮށްފައެވެ. އަދި މި ނަންތައް ދިރާސާކުރުމަށް ވަނީ ކޮމެޓީއަށް ފޮނުވާފައެވެ.

ރައީސް އޮފީހުން ޝޯޓް ލިސްޓްކޮށްފައިވާ ނަންތައް

  • 1- ފާތުމަތު އަނޫލާ، ގ. ވަޑިނޮޅުގެ
  • 2- އާރިފް ރަޝީދު، ބާޑްވިލާ، ބ. ތުޅާދޫ
  • 3- ޒީނިޔާ އަބްދުﷲ، މަދޮށިމާގެ، ހއ. ބާރަށް
  • 4- އިބްރާހިމް ޝަކީލް، ދަފްތަރު ނަންބަރު 3654
  • 5- އައިޝަތު އަބްދުﷲ، ރޯލްގޯލްގެ، ޅ. ހިންނަވަރު
  • 6- މަރިޔަމް ޝިއުނާ، ނެދުންގެ، ސ. ހިތަދޫ
  • 7- މުޖުތަބާ ހަމީދު، ދީފްރަމްގެ، ރ. ކަނދޮޅުދޫ
  • 8- އަލީ އަޝްރަފް، ދަފްތަރު ނަންބަރު 3366
  • 9- މަރިޔަމް އަހުމަދު، ގ. ޓްރަސްޓްހޯމް
  • 10- ނިޔާޒް އިބްރާހިމް، ގްރޫމް، ގދ. ތިނަދޫ
  • 11- އަބްދުﷲ މިޒްއާން، ރަތްވިލާގެ، ފ. މަގޫދޫ
  • 12- އާދަމް ޝާމިލް، ރަތްވިލާގެ ތ. ވިލުފުށި

އެސީސީގައި މިހާރު ތިއްބެވި ފަސް މެމްބަރުންގެ މުއްދަތު ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި މެމްބަރުން މަޤާމަށް އައްޔަންކުރީ 2014 ވަނަ އަހަރުއެވެ.