ޚަބަރު

ފުލުހުންގެ ބެލުމުގެދަށުގައި ހުރި، މަސްތުވާތަކެތި ނައްތާލަނީ


ތަފާތު މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިހުރި މަސްތުވާތަކެއްޗާއި ބަނގުރާ، ހަތް އަހަރު ފަހުން ނައްތާލުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.އިއްޔެއިން ފެށިގެން މިތަކެތި ނައްތާލަމުންދަނީ ދޫނިދޫގައެވެ.މިކަމާގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސްޕުރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ، އަހަރުތަކަކަށްފަހު މިތަކެތި ނައްތާލަން ފަށާފައިމިވަނީ، ކަމާބެހޭ ފަރާތްތަކުން އެކަމަށް އޮތް ގާނޫނީ ހުރަސް ނައްތާލުމުންކަމަށާއި، މިކަން ކުރަން ފަށާފައިމިވަނީ، އެޓާނީޖެނަލްގެ އޮފީހާއި، ޕްރޮސިކިއުޓާރ ޖެނަރަލްގެ އޮފީހުގެ އިތުރުން، ކްރިމިނަލް ކޯޓު ހިމެނޭ ގޮތަށް ހަދާފައިވާ ކޮމެޓީއެއްގެ ބެލުމުގެ ދަށުންކަމަށެވެ.ޝިފާން ވިދާޅުވީ މިހާތަނަށް އައިރު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ބަނގުރަލުގެ ބާވަތްތަށް ގުދަން ކުރެވިފައި އެބަހުރިކަމަށާއި، މިތަކެތި ނައްތާލުމަށް ގާނޫނީ ގޮތުން އެއްވެސް މައްސަލައެއް ނެތުމުން ސިލްސިލާކޮށް މިކަން ކުރިޔަށްގެންދާނެކަމަށެވެ.