ޚަބަރު

ވިލާ ކޮލެޖްގެ ރިސަރޗް ކޮންފަރަންސްގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

ވިލާ ކޮލެޖުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަން 2019 ގެ ސްޕޮންސަރުންނާއި ޕާރޓްނަރުންނާ އެކު އެމްއޯޔޫ ގައި ސޮއިކޮށްފިއެވެ.

މި އަހަރުގެ މި ކޮންފަރެންސްގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސްއެވެ. މި ކޮންފަރެންސަކީ އެ ކޮލެޖުން ބާއްވާ މިފަދަ 4 ވަނަ ބައިނަލް އަޤްވާމީ ކޮންފަރެންސްއެވެ. ވިލާ ކޮލެޖްގެ ފަރާތުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ "އިންޓަރޏޭޝަނަލް ކޮންފަރެނސް އޮން ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 އިން 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއހަރުގެ ކޮންފަރެންސްގެ ތީމަކީ "ޓްރާންސްފޯރމެޓީވް ތިންކިންގ- ލީޕް ޓު ދަ ފިއުޗަރ"އެވެ.

ޕާރޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލާކޮލެޖުގެ ރެކްޓަރ ޑރ.މޫސާ އަންވަރު ވިދާޅުވީ މިފަދަ ކޮންފެނެރްސްތައް ބޭއްވުމުގެ ސަބަބުން ރާއްޖޭގައި ދިރާސާ ކުރާ ފަރާތްތަކަށްވެސް ފައިދާތަކެއް ކުރަމުންދާނެކަމަށެވެ. މިގޮތުން ވޭތުވެ ދިޔަ އަހަރުތަކުގައި ބެޢްވި ކޮންފަރެންސްތަކަށްވެސް ތަރުޚީބު ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވިލާ ކޮލެޖުން ބުނީ މި ކޮންފަރނެސްއަށް މިހާތަނަށް 60 އަށްވުރެ ގިނަ އެބްސްޓްރެކްޓް ހުށައަޅާފައިވާކަމަށެވެ. މީގެ ތެރޭގައި ބައިނަލްއަޤްވާމީ ބައިވެރިންނާއި ދިވެހި ދަރިވަރުންނާއި ރިސާޗަރުން ހިމެނެއެވެ. މި ކޮންފަރެންސްގައި ތަފާތު 8 ދާއިރާއަކުން ޕޭޕްރުތަކާއި ޕޯސްޓަރަތއް ހުށައަޅާފައިވާކަމަށާއި 4 ކީނޯޓް ސްޕީޗްއާއި 5 ޕެނަލް ޑިސްކަޝަން ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

މިއަހަރު ބާއްވާ މިކޮންފަރެނސްގައި ބައިވެރިވުމުގެ ފުރުޞަތު އަދިވެސް ހުޅުވާލާފައިވާކަމަށް ކޮލެޖުން ބުނެއެވެ. މި ކޮންފަރެންސް ވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީއާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އެންޑޯޒްކޮށްފައެވެ.