ޚަބަރު

ރިވެލި އެވޯޑު 21 ފަރާތަކަށް ދީފި


ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ތެރެއިން ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވާ މީހުންނާއި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ޙައްގުތަކަށްޓަކައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ދެމުން އަންނަ ޚާއްސަ އެވޯޑު، ރިވެލި އެވޯޑު 21 ފަރާތަކަށް ދީފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އާއި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ޙައްގުތައް ޙިމާޔަތްކުރާ ކައުންސިލް ގުޅިގެން ދެމުން އަންނަ ރިވެލި އެވޯޑު މިއަހަރު ދީފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކާއި ނުކުޅެދުންތެރިންގެ ޙައްގުތަކަށްޓަކައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

އެވޯޑު ލިބުނު 21 ފަރާތް

  • ނަޙްވާން ޔޫސުފް، ތަންހަޅިއާގެ / ޅ.ނައިފަރު
  • އަޔާން އާލް ބިން އަޙްމަދު ނާސިރު / މ.އަބާނާ
  • އަބްދުﷲ ޝިއާއު، ދެވެލި / ސ މަރަދޫ
  • ސިފުނާ އިބްރާހީމް، ފެހިވާދީ/ މ.މުލައް
  • އަހުމަދު ނަހުޔާން ފައިސަލް، ނޫޑަލްހީ/ ޏ.ފުވައްމުލައް
  • މަރިޔަމް ލުމައިހާ އާދިލް، / މ. ސާނިޔާ
  • މުޙައްމަދު ނިޔާފް، ލޫބިޔާ، / ލ.ފޮނަދޫ
  • ވަސްމީ ވަހީދު، ސޯސަންމާގެ/ ބ.ތުޅާދޫ
  • ޢަލީ އަމީން / ގ.ރަންރީދޫގެ
  • މުހައްމަދު ރައިޝާން އަހުމަދު، ހުސްނޫވިލާ / މ.މުލައް
  • އަލްހާފިޒު އަހުމަދު ނަބީހު އަބްދުލްޤާދިރު، މާބަގީޗާގެ / ލ.މާވައް
  • މަރްޔަމް ނޫރާ ރަޝާދު / މއ.ސެނަކާ
  • ފާތިމަތު އިބްރާހީމް، ކާނިމާގެ / ޅ.ހިންނަވަރު
  • އަލްހާފިޒު އަލީ އަމްޖަދު، ރަބީއު / ހދ.ކުޅުދުއްފުށި
  • ޝަފީނާޒް ސައީދު، ހީނާމާގެ / ގއ.ކޮލަމާފުށި
  • ރަޙުމާ އީސާ، ހ.ފިލްމީ / ސައިޓް
  • ދިމްނާ ފާކިރު، ގުލްދަސްތާގެ / ސ.ފޭދޫ
  • މޯލްޑިވްސް އޯޓިޒަމް ސެންޓަރ
  • ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޓީ އޮފް މޯލްޑިވްސް
  • ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
  • ރޭޑިއޯ އެޓޯލް

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެހީ ހޯދުމަށް އެފަދަ ޢާއިލާތަކުން ސަލާން ޖެހުން ހުއްޓުވަން ޖެހޭ ކަމަށެވެ. އެފަދަ ޢާއިލާތަކަށާއި އެކުދިންނަށް ބޭނުންވާ އެކި ކަންކަން ކުރުމުގައި އެކި ބާވަތުގެ އެހީތެރިކަން ބެނުންވާއިރު އެއީ ސަލާންޖަހައިގެން އާދޭސްކޮށްގެން އެޢާއިލާތަކަށް ދޭންޖެހޭ ކަންކަމަށް ހެދުން ހުއްޓުވަން ޖެހޭ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ 2020ގެ ތަސައްވުރާ ރާއްޖެއިން ކުރިމަތިލާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝަމިލުކޮށް އެންމެނަށްވެސް ވާސިލްވެވޭ ފަދަ ޚިދުމަތްތަކެއް ފޯރުކޮށް ނުދެވޭނަމަ އެއީ ލަދުވެތިކަމެއްކަމަށެވެ. އަދި އެކަން ޙައްލުކުރުމަށް ސަރުކާރުގެ އެކި މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް މިފަދަ ކުދިންނަށް ވަޒީފާ ހޯދައިދީ މިފަދަ ކުދިންނަކީވެސް މުޖުތަމަޢުގައި ބޭނުން ހިފޭ ބަޔަކަށް ހެދުމަށް މަސައްކަތްކުރުން އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ.