ކުޅިވަރު

ދަރަވަންދޫ ބަލިކޮށް ކެންދޫގެ ފެށުން ރަނގަޅުކޮށްފި


ބ.އޭދަފުށީގައި މިހާރު ކުރިޔަށްދާ ބ.ފުޓްބޯލް ޗެލެންޖްގެ ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗު ބ.ކެންދޫއިން ކާމިޔާބުކޮށްފި އެވެ.

މި މެޗު ކެންދޫއިން ކާމިޔާބުކުރީ ދަރަވަންދޫއާއި ވާދަކޮށް ފަހެއް ތިނެއްގެ ނަތީޖާއަކުން ނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ދަރަވަންދޫ ޓީމުން ނެވެ. މި ލަނޑު މެޗުގެ ދެވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ސާމިހް އަލީ ޝަރީފް އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެންދޫއިން ވަނީ ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ އަނބުރާލާފަ އެވެ. އެގޮތުން މެޗުގެ ދިހަވަނަ މިނެޓުގައި ކެންދޫގެ ފުރަތަމަ ލަނޑު އަލީ ޝައިން ކާމިޔާބުކޮށްދިންއިރު އޭގެ ހަތަރު މިނެޓު ފަހުން ކެންދޫގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަބީއު އަހުމަދު އެވެ.

ޒުވާން ޓީމަކާއެކު މެޗަށް ނުކުތް ކެންދޫ ޓީމުގެ ތިންވަނަ ލަނޑާއި ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީ އަލީ ޝައިން ވަނީ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ. މެޗުގެ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްގެން ކުޅުނީ ކެންދޫއިންނެވެ. މި މެޗުގައި ދަރަވަންދޫ ޓީމުން ޖެހި ދެވަނަ ލަނޑާއި ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މުހައްމަދު އަނިލް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ މި މެޗުގައި ހެޓްރިކް ހެދި ކެންދޫ ޓީމުގެ އަލީ ޝައިން އެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގައި ހިމެނޭ ގޮއިދުއާއި ކުޑަރިކިލު އެވެ.