ސިޔާސީ

އެމްޑީޕީގެ ޕީޖީ ލީޑަރަކަށް އަލީ ޢާޒިމް


ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު (ޕީޖީ)ގެ މަގާމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އިންތިޚާބުވެވަޑައިގެންފިއެވެ.

އާޒިމް އެ މަގާމަށް އިންތިޚާބުވެވަޑައިގަތީ 57 މެންބަރުންގެ އިއްތިފާޤުންނެވެ. އެ މަގާމަށް އާޒިމް ނޫން އިތުރު މެންބަރަކު ކުރިމަތިވެސް ނުލައްވައެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ދެ ޑެޕިއުޓީ ލީޑަރުން ތިއްބަވާއިރު އޭގެތެރެއިން އެއް ބޭފުޅަކަށް އިންތިޚާބުވެވަޑައިގަތީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އަދި ދެވަނަ ބޭފުޅަކަށް އިންތިޚާބުވެވަޑައިގަތީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ އަމީން އާއްމުގެ މަގާމަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން ވަނީ އިންތިޚާބު ކުރައްވާފައެވެ.

އަމީންއާއްމުގެ ނައިބުގެ މަޤާމަށް އިންތިޚާބުވެވަޑައިގަތީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީއެވެ. އަދި ޗީފް ވިޕުގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިއްބަވައެވެ.