އުއްމީދުކުރަނީ އެންމެ ފަހުން ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ހޯދި ކާމިޔާބީތަކަށްވުރެ ރަނގަޅު ކާމިޔާބީތަކެއް މިފަހަރުގެ ގޭމްސްގައި ހޯދުން ކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް، އަހުމަދު މަޙްލޫފް ވިދާޅުވެއްޖެ އެވެ.
ޕީ.އެސް.އެމުން ކުރިއަށް ގެންދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކައުންޓް ޑައުން ޝޯވ އިފްތިތާހުކޮށްދެއްވާ ޝޯވގައި ބައިވެރިވެވަޑައިން މިނިސްޓަރ މަޙްލޫފް ވިދާޅުވީ ލިބުނު ވަގުތާ އަޅާބަލާއިރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށެވެ. އަދި މިވަރުގެ ބޮޑު ގޭމްސްއަކަށް ތައްޔާރުވާން ލިބުނު ވަގުތަކީ ރަނގަޅު ނަތީޖާއެއް ނެރުމަށް އެންމެ އެކަށޭނެ ވަގުތު ނޫންކަންވެސް މިނިސްޓަރ މަޙްލޫފް ވަނީ ފާހަގަކުރައްވާފައެވެ.
އެހެންނަމަވެސް ލިބުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައި މިނިސްޓްރީގެ މެކްސިމަމް ނެރެގެން ވަރަށް ހިތްހަމަޖެހޭ ވަރުގެ މަސައްކަތް ތަކެއް ކުރިވިފައިވާކަންވެސް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް، އަހުމަދު މަޙްލޫފް ވަނީ ފާހަގަކުރައްވާފައެވެ.