ޚަބަރު

"ލީޑަރ އިން މީ"ގެ ސިޔާސަތުގެ ސިފަތަށް ރާއްޖެއަށް ތަޢާރަފް ކުރުމައްޓަކައި ތަމްރީން ޕްރޮގްރާމެއް ހިންގައިފި


ތަޢުލީމު އުނގަންނައިގެންދިނުމުގައި ބައިނަލްއަޤްވާމީގޮތުން ގެންގުޅޭ "ލީޑަރ އިން މީ" ސިޔާސަތުގެ ސިފަތަށް ރާއްޖޭގެ ތަޢުލީމީ އެދުރުންނަށް ތަޢާރަފް ކުރުމައްޓަކައި ޚާއްސަ ތަމްރީން ޕްރޮގްރާމެއް މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ކުރިއަށްގެންގޮސްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށްގެންދިއަ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދަވާފައިވަނީ، އެމެރިކާގެ ފްރެންކލިން ކޯވޭ އިންސްޓިޓިއުޓްގެ ލީޑް ކޯޗް މިސް ޖެނިޓާއެވެ.

މި ތަމްރީންޕްރޮގްރާމްގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ރަޝީދު އަހުމަދު ވިދާޅުވީ، "ލީޑަރ އިން މީ" ސިޔާސަތަކީ މި ސަރުކާރުންގެންގުޅޭ ވަށާޖެހޭ ހޯލިސްޓިކް ތަޢުލީމީ ނިޒާމެއްގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އަސާސެއްކަމަށެވެ. އެގޮތުން ދަރިވަރުންނަށް އެންމެ އެކަށޭނަގޮތުގައި ތަޢުލީމު ފޯރުކޮށްދޭނެގޮތްތަށް މި އަސާސްގެ ދަށުން ދެނެގަނެވިގެންދާއިރު، މި އުސޫލުގެ ސަބަބުން ސްކޫލްތަކުގެ ޕްރިންސިޕަލުން ބާރުވެރިކުރުމަށް ފަސޭހަވެގެންދާނެކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސްޓޭޓް މިނިސްޓަރ ވަނީ އެއްދަންފަޅިއަށް ރާއްޖޭގެ ސްކޫލްތަށް ބަދަލުކޮށް މިފަދަ ނިޒާމުތަށް ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ތަޢާރަފްކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.

"މީގައި މިއީ "ލީޑަރ އިން މީ" ސިޔާސަތެއް. މީގައި ދަރިވަރުން އެންމެ ކުޑައިރުއްސުރެ އަށަގަންނަވަންޖެހޭ މުހިންމު 7 ސިފައަކަށް އަލިއަޅުވާލެވޭނެ. މިއީ ހޯލިސްޓިކް އެޕްރޯޗްގައިވެސް ހިމެނޭ ކަންކަން." ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ރަޝީދު އަހުމަދު ވިދާޅުވިއެވެ.

ޖުމުލަ 80 ފަރާތަކުން ބައިވެރިވި މިތަމްރީން ޕްރޮގްރާމުގައި، މާލޭގައި ހިންގާ ސަރުކާރު ސްކޫލްތަކާއި، އިންޓަނޭޝަނަލް ސްކޫލްތަށް ހިމެނޭހެން ޖުމުލަ 20 ސްކޫލެއްގެ އިސްވެރިންވަނީ ބައިވެރިވެފައެވެ.