ޚަބަރު

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އާތިފުގެ މައްސަލަ ފުލުހުންނަށް

މޯލްޑިވްސް މާކެޓީން އެންޑް ޕަބްލިކް ރިލޭޝަންސް ( އެމްއެމްޕީއާރުސީ)ގެ ފަިސާއަށ ހިޔާނާތްތެރިވި އެ ފައިސާ އެސްއޯއެފްގެ އެކައުންޓަތަކަށް ޖަމާކޮށް ހިންގި މަނީ ލޯންޑަރިން ހުއްޓުވަން މަސައްކަތްކޮށްފައި ނުވާ މައްސަލާގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް އާތިފް ޝަކޫރުގެ މައްޗަށް ދައުވާކުރުމަށް އެސީސީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ ފައިސާ ވަކި އެކައުންޓްތަކަކަށް ޖަމާކުރި މައްސަލަ ތަހުޤީޤުކުރުމަށްފަހު އާއްމުކުރި ރިޕޯޓްގައި ބުނެފައިވަނީ އެސްއޯއެފްގެ އެކައުންޓް މެދުވެރިކޮށް ހިންގާފައިވާ މުޢާމަލާތްތަކަކީ މަނީ ލޯންޑަރިންގ ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެފް.އައި.ޔޫގެ ވެރިޔާއަށް އެނގޭކަމަށެވެ.

އެ ރިޕޯޓް ތަހުޤީޤީ އިދާރާއަކަށް ނުފޮނުވަން ނިންމާ ފައިލްކުރިއިރު އެއީ ތަހުޤީޤު ކުރަން ފޮނުވަން ޖެހޭ ރިޕޯޓެއްކަން އެނގޭކަމަށް އެފް.އައި.ޔޫގެ އޭރުގެ ވެރިޔާ އާތިފް ޝަކޫރު އިއުތިރާފްވެފައިވާކަމަށާއި ، އޭނާގެ އެ ޢަމަލަކީ ހެޔޮ ނިޔަތެއްގައި ކޮށްފައިވާ ކަމެއް ނޫންކަން ތަހުޤީޤަށް ފާހަގަ ކުރެވިފައިވާކަމަށްވެސް އެސީސީގެ ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން، އެފް.އައި.ޔޫގެ އާތިފްގެ ޖީމެއިލް އެކައުންޓުން އޭރުގެ ޤަވަރުނަރުގެ ރަސްމީ އީމެއިލް އެކައުންޓަށް ފޮނުވާފައިވާކަން ތަހުޤީޤަށް ފާހަގަކުރެވުނު ނަމަވެސް، އެ ރިޕޯޓާ ގުޅިގެން ވަކި ގޮތަކަށް ޢަމަލު ކުރަން އެފް.އައި.ޔޫގެ ވެރިޔާއަށް އިރުޝާދު ދީފައިކަމުގެ އެއްވެސް ކިތާބީ ހެއްކެއް މިހާތަނަށް ކޮމިޝަންގެ ތަޙްޤީޤަށް ލިބިފައިނުވާކަންވެސް އެސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މަނީ ލޯންޑަރިންގ އަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ ރިޕޯޓް ތަހުޤީޤީ އިދާރާއަކަށް ނުފޮނުވަން ނިންމާފައިވަނީ އޭރުގެ ޤަވަރުނަރު އެގޮތަށް ޢަމަލުކުރުމަށް ބުނެ، އޭނާގެ ނުފޫޒު ފޯރުވައިގެންކަން ސާބިތުކުރެވޭވަރުގެ ހެއްކެއްވެސް ލިބިފައިނުވާކަމަށްވެސް އެސީސީގެ ރިޕޯޓްގައިވެއެވެ.

އާތިފުގެ މި ނިންމުން ނިންމާފައިވަނީ އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަން ސާބިތުކުރެވޭވަރަށް ހެއްކާއި ޤަރީނާ ލިބިފައިވާތީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޒާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކޮށްދިނުމަށް އެދި މި މައްސަލަ 18 ފެބްރުވަރީ 2019ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައިވާކަމަށްވެސް އެސީސީގެ ރިޕޯޓްގައިވެއެވެ.

އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިރާސާކުރުމަށްފަހު، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް އާތިފް ކޮށްފައިވާކަމަށް ބެލެވޭތީ މިމައްސަލަ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އިތުރަށް ތަޙުޤީޤުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަަށް ފޮނުވުމަށް އިރުޝާދުދީފައިވާތީ އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާކަމަށްވެސް އެސީސީގެ ރިޕޯޓްގައިއެވެ.

ތަހުޤީޤަށް ފާހަގަވި ނުކުތާތައް

- ތުހުމަތު ކުރެވޭ ކުންފުންޏަށް 18,200,000.00 (އަށާރަ މިލިއަން ދެލައްކަ) އެމެރިކާ ޑޮލަރު އަދި، 59,700,000.00 (ފަންސާސްނުވަ މިލިއަން ހަތްލައްކަ) ރުފިޔާ އާއެކު ޖުމްލަ 22,100,000.00 (ބާވީސް މިލިއަން އެއްލައްކަ) އެމެރިކާ ޑޮލަރު ޑިޕޮސިޓްސްގެ ގޮތުގައި ލިބިފައިވުން.

- 24 އޯގަސްޓް 2014 އިން 25 ނޮވެންބަރު 2014 ގެ ނިޔަލަށް ތިން މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެމް.އެމް.ޕީ.އާ.ރސީއިން ތުހުމަތު ކުރެވޭ ކުންފުނީގެ އެކައުންޓަށް 5,350,000.00 (ފަސްމިލިއަން ތިންލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރާއި 59,750,000.00 (ފަންސާސްނުވަ މިލިއަން ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާއެކު ޖުމްލަ 9,100,000.00 (ނުވަ މިލިއަން އެއްލައްކަ) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވުން.

- ޖުމްލަ 08 ޓްރާންސެކްޝަންއެއް މެދުވެރިކޮށް ތުހުމަތު ކުރެވޭ ކުންފުނިން ޖުމްލަ 47,500,000.00 (ސާޅިސްހަތް މިލިއަން ފަސްލައްކަ) ރުފިޔާ އެ ކުންފުނީގެ ބޭންކް އެކައުންޓްތަކުން ނަގާފައިވުން.

- އިސްވެ ބަޔާންކޮށްފައިވާފަދަ ވިޔަފާރީގެ މުޢާމަލާތްތައް ހިންގޭވަރުގެ ވިޔަފާރީގެ ހަރަކާތްތައް ހިންގާކަމުގެ ގާބިއްލިއްޔަތު ނެތްކަން އެ ކުންފުނީގެ ޓެކްސް ފައިލިންގ އަދި އެނުއަލް ރިޕޯޓްތަކުން އެނގޭކަން.