ދީން

ލަންކާގެ މަޝްހޫރު ދީނީ އިލްމުވެރިއެއް މާލޭގައި ޙުތުބާދެއްވައިފި


މައިންބަފައިންނަށް ހެޔޮކޮށްހިތުމާއި، އިޙްތިރާމްކުރުމާއި ގުޅޭގޮތުން ސްރީލަންކާގެ މައްޝޫރު ދީނީ އިލްމުވެރިއެއް އިސްލާމީ މަރުކަޒުގައި މިއަދު ޙުތުބާ ދެއްވައިފިއެވެ. އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެވަޑައިގެން އުޅުއްވާ ސްރީލަންކާގެ ދީނީ އިލްމުވެރިއެއްކަމަށްވާ އައްޝައިޚް ފާޒިލް ފާރޫޤް ގެ ހުތުބާގައި މައިންބަފައިންނަށް ކަމޭހިތުމާއި ގުޅޭގޮތުން ކީރިތި ޤުރުއާނާ ރަސޫލާގެ ހަދީޘްތަކުގެ މައްޗަށް ބިނާކޮށް ވާހަކަދައްކަވާފައެވެ. އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެ މަތިވެރި ނިއުމަތްކަމުގައިވާ މައިންބަފައިންނަކީ ގިނަބަޔަކު އެނިއުމަތަކާމެދު ފަރުވާކުޑަކުރެވިފައިވާ ނިއުމަތެއްކަމުގައި ވިދާޅުވިއެވެ. އަދި މައިންބަފައިންނަކީ ސުވަރުގެއަށްދިއުމަށް ވާ މެދު ދޮރޯށިކަމަށްވާއިރު މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އެކަމުގެ ދަރުމައެއްގެގޮތުން މާތްﷲ ސުވަރުގެ ދެއްވާކަމެއްކަމެއްކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.މިހުތުބާގައި އަޅުގަނޑުމެން ދުނިޔެއަށް އައުމުގެ ސަބަބެއްކަމުގައިވި މައިންބަފައިންނަށް ހެޔޮ ދުއާކޮށް، އަދި ކުށެއްކުރެވިފައިވާނަމަ އެމީހުންގެ މާފު ހޯދުމަށް ގޮވާލިއެވެ. އައްޝައިޚް ފާޒިލް ފާރޫޤް ގެ ދަރުސް އެއް މިރޭ އަލިމަސް ކާނިވަލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ އަށްގަޑި ސާޅީސްފަހެއްގައި ބާއްވާ މިދަރުސްގެ މަޢުޟޫ އަކީ "މުސްލިމްސް އިން ދަ ވޯލްޑް އޮފް ޓެކްނޮލޮޖީ" އެވެ.