ކުޅިވަރު

ލިވަޕޫލް އަމާޒު ހިފަންވީ ޕްރެމިއާ ލީގަށް: ކުލަބުގެ ވެރިން


އަންނަ ސީޒަނުގައި ލިވަޕޫލުން އަމާޒު ހިފަންވީ ޕްރެމިއާ ލީގު ކާމިޔާބު ކުރަން ކަމަށް އެކުލަބްގެ ވެރިން ބުނެފި އެވެ.

ލިވަޕޫލް ހިންގާ ފޭންވޭ ސްޕޯޓްސް ގްރޫޕުގެ ވެރިޔާ ހެންރީ މިހެން ބުނީ އެ ޓީމުންމިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވަނިކޮށެވެ.

ހެންރީ ބުނީ މިދިޔަ ސީޒަނުގެ ކާމިޔާބީތަކާމެދު ހިތްހަމަޖެހޭކަމަށެވެ. އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ އިނގިރޭސި ވިލާތުގައި ކާމިޔާބު ހޯދުމަށްވުރެ ބޮޑު ކާމިޔާބީއެއްކަމަށް، އެހެންނަމަވެސް ސަޕޯޓަރުން ޕްރެމިއާ ލީގު ކާމިޔާބުކުރަން ބޭނުންވާތީ މިއަހަރު އެކަމަށް އިސްކަންދޭނެކަމަށްވެސް ހެންރީ ބުންޏެވެ.

ލިވަޕޫލަށް އެންމެ ފަހުން ޕްރެމިއާ ލީގު ހޯދުނީ 1990 ވަނަ އަހަރު އެވެ.