މަޓެއޯ ކޮވަސިޗް ރެއާލް މެޑްރިޑް ދޫކޮށް ޗެލްސީއަށް ރަސްމީކޮށް ބަދަލުވެއްޖެ އެވެ.
މިދިޔަ ސީޒަންގައި ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީގައި ހުރި ކޮވަޗިޗް ޗެލްސީއަށް ބަދަލުވެފައިވަނީ ސާޅީސް މިލިއަން ޕައުންޑްގެ އަގަކަށްކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެއެވެ. އަދި ޗެލްސީގެ އޮފިޝަލް މޯބައިލް ފޯން އެޕުން އެކަން ވަނީ ޔަގީންކޮށްދީ ކޮވަޗިޗްގެ އިންޓަވިއުއެއްވެސް އޮޅިގެން އާއްމުކޮށްފައެވެ.
ޗެލްސީއަށް މި ފަހަރުގެ ޓްރާންސްފަރ ޕީރިއަޑްގައި އެއްވެސް ކުޅުންތެރިއެއް ނުގަނެވޭގޮތަށް ފީފާއިން ވަނީ އެ ކްލަބް ސަސްޕެންޑްކޮށްފައެވެ. ނަމަވެސް ކޮވަޗިޗް ކްލަބަށް ގަނެވުނީ މިދިޔަ ސީޒަންގައިވެސް އޭނާ ޗެލްސީގައި ހުރުމުންނެވެ. މިދިޔަ ސީޒަންގައި ކޮވަޗިޗްވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށް ފަންސާސް އެއް މެޗު ކުޅެދީފަ އެވެ.