ބާ ކައުންސިލްގެ އިންތިޚާބު ބާއްވާ ދުވަސް މާދަމާ ޢިއުލަނުކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވީ ބާ ކައުންސިލުގެ އިންތިޚާބުގެ އުސޫލުތައް ކަނޑައެޅުމާ މެދު ބަނޑާރަ ނައިބާއި މަޝްވަރާކުރައްވާފައިވާކަމަށެވެ. އަކްރަމް ވިދާޅުވީ ވަކީލުކަންކުރައްވާ ވަކީލުންގެ ލިސްޓު ހޯދުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާކަމަށާއި ސުޕްރިމްކޯޓުން ލިސްޓު ޢާއްމުކުރެއްވުމާއެކު ލިސްޓު ޢާއްމުކޮށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާނެކަމަށެވެ.
ވަކީލުންނާއި ޤާނޫނީ ދާއިރަގެ ކަންކަން ރެގިއުލޭޓު ކުރުމަށް މަޖީލީހުން ފާސްކުރި ބާ ކައުންސިލުގެ ބިލް ރައިސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއި ގުޅިގެން މިޤާނޫނަށް ޢަމަލުކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުންގެންދަވަނީ ކުރައްވަމުންނެވެ.