ކުޅިވަރު

މެސީއަކީ އޭނާ ދުށް އެންމެ މޮޅު ކުޅުންތެރިޔާ: ޑޭވިޑް ސިލްވާ


މެސީއަކީ އޭނާ ދުށް އެންމެ މޮޅު ކުޅުންތެރިޔާކަމަށް ބްރެޒިލްގެ ޑިފެންޑަރ ތިއާގޯ ސިލްވާ ބުނެފި އެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި އާޖެންޓިނާ އާއި ބްރެޒިލް ވާދަކުރަން ޖެހުނުއިރު، މި މެޗަކީ ދެ ޤައުމަށްވެސް ޚާއްސަ މެޗެކެވެ.

މިއަހަރަކީ 2007 ވަނަ އަހަރަށްފަހު ބްރެޒިލް ސެމީ ފައިނަލުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެ އެވެ.
އެންމެ ފަހުން ބްރެޒިލް ސެމީ ފައިނަލްގައި ކުޅުނު ހަތަރު ފަހަރުވެސް އެ ޓީމް ޗެމްޕިއަކަން ހޯދި އެވެ. އަނެއްކޮޅުން މިދިޔަ ފަސް މުބާރާތުގެ ތެރެއިން ހަތަރު މުބާރާތުގެ ފައިނަލްގައި ކުޅުނު އާޖެންޓީނާގެ ކެޕްޓަން މެސީއަށް މިއީ ޤައުމީ ޓީމާއެކު ރަން މެޑައްޔެއް ހޯދަން ލިބޭނެ ފަހު ކޮޕާ އެމެރިކާއަށްވާނެކަމަށް ބެލެވެ އެވެ.

މި މެޗާ ގުޅޭގޮތުން ބްރެޒިލްގެ ޑިފެންޑަރ ތިއާގޯ ސިލްވާ ބުނީ މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަމަށާއި، މެސީ ހުއްޓުވަން ފަސޭހަ ނުވާނެކަމަށެވެ. މިހާތަނަށް މެސީއަށް މުބާރާތުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވިޔަސް، މެސީއަކީ ފުރުސަތެއް ލިބިއްޖެނަމަ ކޮންމެ ޓީމަކަށްވެސް ލަނޑުދެވެނޭ ފެންވަރުގެ ކުޅުންތެރިއެއްކަމަށް އޭނާ ބުންޏެވެ.

ތިއާގޯ ސިލްވާ ބުނީ މެސީއަށް ޤައުމީ ޓީމާއެކު ކާމިޔާބު ނުލިބެނީ ނަސީބު ދެރަކަމުންކަމަށާއި، އަމިއްލަ ޤައުމުގައި އާޖެންޓީނާ އަތުން ބަލިވާން ބޭނުންނުވާކަމަށެވެ.