ޚަބަރު

މެލޭޝިއާގައި ބޭއްވި ޓްރައި ނޭޝަންސް ޓީ-20 ކްރިކެޓް ސީރީޒްގެ ދެވަނަ ދިވެހިރާއްޖެއަށް


މެލޭޝިއާގައި ބޭއްވި ޓްރައި ނޭޝަންސް ޓީ-ޓްވެންޓީ ކްރިކެޓް ސީރީޒްގެ ދެވަނަ ދިވެހިރާއްޖެއިން ހޯދައިފިއެވެ.

ތިން ޓީމް ވާދަކުރި މުބާރާތުގެ ދެވަނަ ރާއްޖެއަށް ލިބުނީ ކުޅުނު ހަތަރު މެޗުން ތިން ޕޮއިންޓް ލިބިގެންނެވެ. އެއްވަނަ ހޯދީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްގެން ހޯދި ހަތް ޕޮއިންޓާއެކު މެލޭޝިއާއެވެ. ތައިލެންޑަށް ލިބުނީ ދެ ޕޮއިންޓެވެ. އެއީ ފަހު މެޗުގައި ދިވެހިރާއްޖެ އަތުން ފަސް ވިކެޓުން މޮޅުވެ ހޯދި ދެ ޕޮއިންޓެވެ.

ލީގު ބުރުގައި ތައިލެންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވާތީ ފަހު މެޗަށް ނިކުތްއިރުވެސް ރާއްޖެއަށް އޮތީ ދެވަނަ ޔަގީންވެފައެވެ. އިއްޔެ ތައިލެންޑް އަތުން ބަލިވި މެޗުގައި ވިހި އޯވަރަށް ހަ ކުޅުންތެރިން ނުބައިވެގެން ރާއްޖެއަށް ހެދުނީ 153 ލަނޑެވެ.

ޖަވާބުގައި ތައިލެންޑުން ކުޅެން އަރާ ފަސް ކުޅުންތެރިން ނުބައިވެގެން 20 އޯވަރުގައި 154 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. މި މެޗުގައި ދިވެހި ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 56 ލަނޑު ހެދި ނިލަންތަ ކޫރޭއާއި 53 ލަނޑު ހެދި އާދަމް ނާސިފެވެ.

މިއީ އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ރޭންކިންގ މުބާރާތެއްގައި ރާއްޖެއިން ވާދަކުރި ފުރަތަމަ ފަހަރެވެ.