ސިޔާސީ

ޖޭޕީގެ ނައިބުލީޑަރ އަމީން ދޫކޮށްލުމަށް ހައިކޯޓުން ހުކުމްކޮށްފި


މިމަހުގެ އެއްވަނަ ދުވަހު ކުރި މުޒާހަރާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދާއި  އަދާލަތު ޕާޓިގެ ރައީސް ޝެއިހް އިމްރާން ބަންދުގައި ބަހައްޓަން ކުރިމިނަލްކޯޓުން ކުރި އަމުރަށް ތާއީދްކޮށް، ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ދޫކޮށްލުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.މިމުޒާހަރާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ އަލީ ވަހީދާއި އިމްރާންގެ އިތުރުން އަމީން ފަނަރަ ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން މުއްދަތު ޖަހާދީފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.ދަށުކޯޓްގެ ނިންމުން ގާނޫނީ އުސޫލްތަކާއި ހިލާފްކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފްކުރުމުން ހައިކޯޓުން  އަލީ ވަހީދާއި އިމްރާން ދޫކޮށްނުލުމަށް ނިންމާ ދަށުކޯޓްގެ ނިންމުމަށް ތާއިދްކޮށްފައިވެއެވެ.އެހެންނަމަވެސް އަމީންގެ ބަންދުގައި ބެހެއްޓުމަށް ދަށުކޯޓުން ނިންމި ނިންމުން ބާތިލްކޮށް އެނާ ދޫކޮށްލުމަށް ހައިކޯޓުން ހުކުމްކޮށްފައިވެއެވެ.އަލީ ވަހީދާއި އިމްރާން އަބްދުﷲ ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން ދިން ފަނަރަ ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހުއެވެ.