ކުޅިވަރު

ކުޅިވަރުތަކުގައި ތަފާތުކުރުމެއް ނުގެންގުޅެން - މިނިސްޓަރ މަހްލޫފް


އެކި އެކި ކުޅިވަރުތަކުގައި ތަފާތުކުރުމެއް ނުގެންގުޅުއްވާކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

އައްޑޫގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ބެޑްމިންޓަން ކޯޓު އަޅާ ސަރަހައްދު ބައްލަވާލެއްވުމަށް ފަހު މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން ކުރަންޖެހޭ ހުރިހާ ކަމެއް ވަނީ ނިމިފައިކަމަށާއި ބެޑްމިންޓަން ކޯޓުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިިމޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބޭނުމަކީ ވީވަރަކުން މާލެއިން ބޭރުގައި އެކި ރަށްރަށުގައި ބައިނަލްއަޤުވާމީ އަދި ޤައުމީ ފެންވަރުގެ މުބާރާތްތައް ގެންދިޔުންކަމަށެވެ. އަދި ޔޫތް ޑެވެލޮޕްމެންޓް ޕްރޮގްރާމެއް ފެށިގެން ދިޔުމަކީ ވަރަށް ބޮޑަށް އުއްމީދުކުރާކަމެއްކަމަށާއި އެފަދަ ޕްރޮގްރާމެއްގެ ސަބަބުން ކުދިން ތަމްރީންކުރުމަށް ފަސޭހަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ކުޅިވަރުގެ މައިދާނުގައި ބެލެނިވެރިންގެ އެއްބާރުލުން ކުދިންނަށް ލިބިގެން ދިޔުމަކީ ކުދިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިނިސްޓްރީ އިން ކުރަންޖެހޭ ހުރިހާ ކަމެއް ވަނީ ނިމިފަ. ކޯޓުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިިމިގެން ދާނެކަމަށް އުއްމީދުކުރަން. ބޭނުމަކީ ވީވަރަކުން މާލެ އިންބޭރުގަ އެކި ރަށްރަށުގަ ޤައުމީ އަދި ބައިނަލްއަޤުވާމީ މުބާރާތްތައް ގެންދިޔުން.އަދި ޔޫތް ޑެވެލޮޕްމެންޓް ޕްރޮގްރާމް އެއް ފެށިގެން ދިޔުމަކީ ވަރަށް ބޮޑަށް އުއްމީދުކުރާކަމެއްކަމަށާއި އެފަދަ ޕްރޮގްރާމެއްގެ ސަބަބުން ކުދިން ބިލްޑްކުރެވިގެންދާނެ.މިކަމުގައި ބެލެނިވެރިންގެ އެއްބާރުލުން ކުދިންނަށް ލިބިގެން ދިޔުމަކީ ކުދިންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް." މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫސިޓީ ގައި ބައިނަލްއަޤްވާމީ މުބާރާތްތަށް ބޭއްވޭ ފެންވަރުގެ ބެޑްމިންޓަން ކޮމްޕްލެކްސްއެއް އެޅުމަށް ނިންމާފައި މިވަނީ، ސައުތު އޭޝިއާގެ 21 އަހަރުން ދަށުގެ ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތް މިފަހަރު އައްޑޫގައި ބޭއްވުމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމުމާއި ގުޅިގެންނެވެ.