ކުޅިވަރު

ކޮމަންވެލްތު ޗެސް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ޓީމު ނިއު ދިއްލީއަށް ހިނގައްޖެ


ކޮމަންވެލްތު ޗެސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް، ރާއްޖޭގެ ކުޅުންތެރިން އިންޑިއާގެ ނިއު ދިއްލީއަށް ހިނގައްޖެ އެވެ.

މި މުބާރާތަށް ގޮސްފައިވަނީ، އަންހެން 3 ކުޅުންތެރިންނާއި ފިރިހެން 3 ކުޅުންތެރިން ނެވެ.
ކޮމަންވެލްތް ޗެސް ޗެމްޕިއަންޝިޕް ފުރާފައިވާ ފިރިހެން ތިން ކުޅުންތެރިންނަކީ މުޖާހިދް ބިން ޔަޒީދް، މުހަމަދު ޔަމީން ޔޫޝައު އަދި އާލާ މުހައްމަދު ނައުޝާދެ އެވެ. އަންހެން 3 ކުޅުންތެރިންނަކީ އައިޝަތު ހިމްޔާ އިބްރާހިމް މުޖާހް، ނުހާ ރިލްވާން އަދި ނިހާޔާ އަހުމަދެ އެވެ.

ކޮމަންވެލްތް ޗެސް ޗެމްޕިއަންޝިޕް ކުރިއަށް ދާނީ މި މަހުގެ 29 ހުން ފެށިގެން 8 ޖުލައިއާ ހަމައަ ށެވެ.

ރާއްޖޭގެ އިތުރުން މި މުބާރާތުގައި ބައިވެރިވެފައިވަނީ ސައުތު އެފްރިކާ، ބަންގްލަދޭޝް، ސްރީލަންކާ، މެލޭޝިޔާ، ސިންގަޕޯ، އޮސްޓްރޭލިޔާ، ނިއުޒިލެންޑް، އިންގްލޭންޑް، ސްކޮޓްލަންޑް، އަޔަލެންޑް، ވޭލްސް، ނައިޖީރިޔާ، ޓްރިނިޑާޑް އެންޑް ޓޮބޭގޯ، އިންޑިޔާ، ޒެމްބިއާ އަދި ޓެންޒޭނިޔާ އެވެ.