ކުޅިވަރު

މެލޭޝިޔާއަތުން ކްރިކެޓް ޓީމް ބަލިވެއްޖެ


މެލޭޝިއާ ޓްރައި ނޭޝަންސް ޓީ-ޓްވެންޓީ ސީރީޒްގައި، މުބާރާތް ބާއްވާ ޤައުމު ކަމަށްވާ މެލޭޝިއާއާ ދެކޮޅަށް ރާއްޖެ ކުޅުނު ދެވަނަ މެޗުންވެސް ރާއްޖޭގެ ޤައުމީ ޓީމު ބަލިވެއްޖެއެވެ.
މެލޭޝިއާއިން ރާއްޖެ ބަލިކުރީ ފަސް ވިކެޓުންނެވެ. މެޗުގެ ޓޮސް ދިމާވުމުން ތައިލެންޑުން ނިންމީ އުކާށެވެ. ފުރަތަމަ އިނިންގްސްގައި ރާއްޖެއިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 153 ލަނޑެވެ. ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ 35 ބޯޅައިން 56 ލަނޑު ހެދި ނިލަންތަ ކޫރޭ އާއި 38 ބޯޅައިން 53 ލަނޑު ހެދި އުމަރު އާދަމްއެވެ. މި އިނިންގްސްގައި މެލޭޝިއާއިން އެންމެ ރަނގަޅަށް އުކީ 13 ލަނޑަށް 4 ވިކެޓު ނެގި ޑެނިއަލް ޖެކޮބްސްއެވެ.

ޖަވާބުގައި ކުޅެން އަރައި މެލޭޝިއާއިން ވަނީ ނަވާރަ އޯވަރާއި އެއްބޯޅައިން 154 ލަނޑު ހަމަކޮށް، މެޗު ކާމިޔާބުކޮށްފައިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ، ނުބައިނުވެ 39 ބޯޅައިން 54 ލަނޑު ހެދި ނަވީދް ޕްރަތަންއެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި މެލޭޝިއާ ވާދަކުރި މެޗުވެސް ކާމިޔާބުކުރީ މެލޭޝިއާއިންނެވެ. ރާއްޖެއިން ވަނީ ކުޅުނު ދެވަނަ މެޗުގައި ތައިލޭންޑް ބަލިކޮށްފައިއެވެ.