ޚަބަރު

ރެޑްބުލް ވިނިން ފައިވްގެ ފައިނަލް ބުރުގެ މެޗުތައް މިރޭ


ރެޑްބުލް ވިނިންގ ފައިވްގެ ފައިނަލް ބުރުގެ މެޗުތައް މިރޭ ހުޅުމާލެ ރެޑްބުލް ދަނޑުގައި ކުޅެން ނިންމައިފިއެވެ.

މުޅި ރާއްޖޭއަށް ހުޅުވާލައިގެން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުޅުނު ކޮލިފިކޭޝަން ބުރުތަކުގެ ޗެމްޕިއަން ޓީމުތަކުގެ މެދުގައި ކުޅޭ ފައިނަލް ބުރުގެ ކުޅުން ކުރިއަށްދާނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން، ފައިނަލް ބުރުގައި ޖުމްލަ 34 ޓީމެއް ވާދަކުރާނެއެވެ.

މިދިޔަ ދެ އަހަރުވެސް ނޭމާ ޖޭއާރް ފައިވްގެ ނަމުގައި ބޭއްވި މުބާރަތަށް މި އަހަރުވެސް ބޮޑު ތަރުޚީބެއް ލިބިފައިވެއެވެ. ކޮލިފައިން ބުރުގެ މެޗުތައް މާލޭގެ އިތުރުން، ވިލިމާލެ، ހއ. އިހަވަންދޫ، އައްޑޫ ސިޓީގެ ފޭދޫ، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ، ހއ.ހޯރަފުށި، ލ.ގަން، ތ.ހިރިލަންދޫ ހދ.ކުޅުދުއްފުށި، ހދ.ހަނިމާދޫ ބ.އޭދަފުށި އަދި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައިވަނީ ކުރިއަށް ގެންގޮސްފައެވެ.

މިރޭ ފަށާ ފައިނަލް ބުރުގައި ވާދަކުރާނީ ކޮންމެ ރަށެއްގައި ބޭއްވި ކޮލިފިކޭޝަން ބުރުން ޗެމްޕިއަންކަން ހޯދި ޓީމްތަކެވެ.

ފައިނަލް ބުރުގެ ގްރޫޕް އޭ އަދި ގްރޫޕް ބީގެ ކުޅުން ކުރިއަށްދާނީ މިރެއެވެ. އަދި ގްރޫޕް ސީއާއި ގްރޫޕް ޑީގެ ކުޅުން ކުރިއަށްދާނީ މާދަމާ ރެއެވެ.