ދީން

އަންހެނުން ނަމާދުކުރަން އަޅާނެ ހެދުމެއް ތަޢާރަފްކޮށްފި


މިސްކިތްތަކުގައި އަންހެނުން ނަމާދުކުރަން އަޅާނެ ހެދުމެއް އިސްލާމިކް މިނިސްޓްރީން ފުރަތަމަ ފަހަރަށް ތަޢާރަފްކޮށްފިއެވެ.މިހެދުން ތަޢާރަފްކުރުމަށްފަހު މީޑިއާ އަށް މަޢުލޫމާތުދެމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް އަޙުމަދު ވިދާޅުވީ މިއީ އަމިއްލަ ފަރާތަކުން އިސްނަގައިގެން ހަދިޔާކުރި ހެދުންތަކެއްކަމަށެވެ. މިހެދުންތައް މިހާރު ހުންނާނީ އިސްލާމީ މަރުކަޒުގައިކަމަށާއި ކުރިއަށްއޮތްތާގައި ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި  މިފަދަ ހެދުންތައް ބަހައްޓާނެކަމަށެވެ.އިސްލާމީ މަރުކަޒުގައި އަންހެނުން ނަމާދުކުރަން އަޅާނެ ފަންސާސް ހެނދުން މިހާރު ވަނީ ބަހައްޓާފައެވެ. މިހެދުމަކީ މެލޭޝިޔާ، އިންޑޮނޭޝިޔާ ފަދަ ޤައުމުތަކުގައި އަންހެނުން ނަމާދުކުރުމަށް އަޅާ ހެދުމެކެވެ.