ޚަބަރު

ވަންވޭ އިދިކޮޅަށް ވަން މީހަކު ހުއްޓުވުމުން ހުތުރު އެއްޗެތި ކިޔާ މާރާމާރީ ހިންގައިފި


ވަންވޭ ނުބައިކޮޅަށް ދުއްވާފައި ދަނިކޮށް ހުއްޓުވުމުން ފުލުހުންނާއި ހުތުރުބަހުން ވާހަކަ ދަައްކާ މާރާމާރީ ހިނގި މީހަކު ހައްުޔަރުކޮށްފިއެެވެ.

ފުލުހުން ބުނީ މިއަދު 1:14 ޢެހާކަންހާއިރު ވަންވޭ އިދިކޮޅަށް އަމީނީ މަގުން ކޯރުކެނޑިމަގުން ދުއްވާ ދިޔަ 31 އަހަރުގެ ދިވެއްސަކު ހުއްޓުވާ ނަސޭހަތްތެރިވުމުން ފުލުސް މީހާ އާއި ހުތުރުބަހުން މުއާމަލާތުކޮށް މާރާމާރީ ހިންގާފައިވާ ކަމަށެވެ.

އަދި މީމީހާ ވަންވޭ އިދިކޮޅަށް ދަތުރުކޮށްފައިވަނީ ކުޑަކުއްޖަކު ގޮވައިގެންކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ތަހުޤީޤުކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.