ޚަބަރު

ހައުސް ކީޕާސް އެސޯސިއޭޝަނުން ކޮންފަރެންސެއް ބާއްވައިފި


ހައުސް ކީޕިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ހައުސް ކީޕާސް އެސޯސިއޭޝަންއިން ކޮންފަރެންސެއް ބާއްވައިފިއެވެ.މިއަދު ޖެން ހޮޓެލްގައި ބޭއްވި މި ކޮންފަރެންސް ފައްޓަވައިދެއްވީ މަރިޔަމް ނޫރައްދީންއެވެ.ކޮންފަރެންސް ފައްޓަވައިދެއްވުމަށްފަހު މަރިޔަމް ނޫރައްދީން ވަނީ ހައުސް ކީޕާސް އެސޯސިއޭޝަންގެ ވެބްސައިޓް ލޯންޗްކޮށްދެއްވާފައެވެ.ހައުސް ކީޕާސް އެސޯސިއޭޝަން ބޭއްވި މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ހައުސިން ކީޕީން ދާއިރާގެ މުއައްޒަފުންގެ އަޑުއަހާ އެންމެން އެއްތަނަކުން ބައްދަލުވެ މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ވާހަކަދެއްކުންކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދިނުމެވެ.މީގެ އިތުރުން މިއަދު ކޮންފަރެންސްގައި އާންމުން މިދާއިރާއަށް ހޭލުންތެރިކުރުވުމަށް ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށްވެސްވަނީ މަޝްވަރާކުރެވިފައެވެ.ހައުސް ކީޕާސް އެސޯސިއޭޝަނުން ބޭއްވި ފުރަތަމަ ކޮންފަރެންސްގައި ވަނީ އެސޯސިއޭޝަން ހިންގުމުގައި ހަރަކާތްތެރިވާނެ ފަރާތްތައް ހޯދުމަށް ހުށަހަޅާފައެވެ.