ސިޔާސީ

ޖޭއެސްސީގެ މެންބަރުކަން ލަޠީފާ ޤާސިމަށް ގެއްލިއްޖެ


ޤާނޫނީ ފަންނުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤްކުރެއްވުމާއެކު ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީގައި ވަކީލުން ތަމްސީލްކުރައްވާ މެމްބަރު، ލަޠީފާ ޤާސިމްގެ މެންބަރުކަން ގެއްލިއްޖެއެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މި ޤާނޫނުގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކީ ބާ ކައުންސިލުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ޤާނޫނީ ވަކީލެއްކަމަށެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެންބަރުގެ މެންބަރުކަން، ނިމުމަކަށް އަންނާނެކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ޖޭއެސްސީއަށް ޤާނޫނީ ވަކީލުންގެ ތެރެއިން ބޭފުޅަކު އައްޔަންކުރަންޖެހޭނީ ބާ ކައުންސިލްގައި ހިމެނޭ ވަކީލުންގެ މެދުގައި ބާއްވާ އިންތިޚާބަކުންނެވެ.

ޖޭއެސްސީގެ މެމްބަރުކަން ލަތީފާ ގާސިމްއަށް ގެއްލިފައިވާއިރު، އޭނާ ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަނުކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.