ޚަބަރު

ޕެންޝަން އޮފީހުން " ކޮންޓެކްެޓް " ސެންޓަރ އެއް ޤާއިމްކޮށްފި


ޕެންޝަން އޮފީހުގެ އަހަރީ ދުވަހާއި އެކު، އޮފީހުން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަމާއި އެކު ގުޅޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން " ކޮންޓެކްެޓް " ސެންޓަރ އެއް ޤާއިމްކޮށް އެ އޮފީހުގެ އާ ލޯގޯ އެއް މިއަދު ތަޢާރަފްކޮށްފިއެވެ.މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކޮންޓެކްޓް ސެންޓަރ އަދި ނަންބަރ ތައާރަފްކޮށްދެއްވީ ޕެންޝަން އޮފީހުގެ ބޯޑް މެމްބަރ ފަރީހާ ޝަރީފްއެވެ. އެ ސެންޓަރުގެ ހިލޭ ގުލޭ ނަންބަރަކީ 1441އެވެ.މި ކޮންޓެކްޓް ސެންޓަރުން ވަގުތުން ވަގުތުން ނުގުޅުނު ނަމަވެސް އެގުޅި ފަރާތަކަށް ޕެންޝަން އޮފީހުން ގުޅައި އެދިފައިވާ ޚިދުމަތްތަކަކީ ކޮބައިތޯ ސާފުކޮށް އެދިފައިވާ ޚިދުމަތެއް ފޯރުކޮށްދޭނެކަމަށް ޕެންޝަން އޮފީހުން މައުލޫމާތުދެއެވެ. އަދި އެ އޮފީހުން ޚިދުމަތް ހޯދަނީ އުމުރުން ދުވަސްވީ ފަރާތްތަށް ކަމަށްވާތީ އެއްނަމްބަރަކަށް ގުޅައިގެން ފަސޭހައިން ޚދުމަތް ލިބޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެކަމަށް އެ އޮފީޙުން މައުލޫމާތުދެއެވެ.މީގެ އިތުރުން މިއަދު ވަނީ ޕެންޝަން އޮފީސް ރީބްރޭންޑްކޮށް އާ ލޯގޯ އަދި ވެބްސައިޓް ލޯންޗްކޮށްފައެވެ. އަދި އެ އޮފީހުގެ މޯބައިލް އެޕްލިކޭޝަންވެސް މިއަދު ވަނީ ތައާރަފްކޮށްފައެވެ. މޯބައިލް އެޕްލިކޭޝަން ތަޢާރަފްކޮށްދެއްވީ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތުއެވެ.މޯބައިލް އެޕްލިކޭޝަނުން ފޯން، ޓެބްލެޓް ފަދަ މޯބައިލް ޑިވައިސްތައް ބޭނުންކޮށްގެން ޕެންޝަން އޮފީޙުން ދޭ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.