ކުޅިވަރު

ޕެރެގުއާއީއާ ދެކޮޅަށް ނުކުންނައިރު ހުރިހާ ނުރައްކަލެއް އޮތީ ބްރެޒިލަށް: ކޯޗު ޓިޓޭ


ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުގައި މިރޭ ޕެރެގުއާއީއާ ދެކޮޅަށް ނުކުންނައިރު، ހުރިހާ ނުރައްކަލެއް އޮތީ ބްރެޒިލަށް ކަމަށް، ބްރެޒިލްގެ ކޯޗު ޓިޓޭ ބުނެފި އެވެ.

އޭނާ ބުނީ މުބާރާތް ކުޅެނީ އަމިއްލަ ޤައުމުގައި ކަމަށްވާއިރު، ތަށި ހޯދަން އެންމެ ބޭނުންވެފައިތިބީވެސް ބްރެޒިލްގެ ސަޕޯޓަރުން ކަމަށެވެ.

ޓީމުގެ ސަޕޯޓަރުން ވަނީ މީގެ ކުރިން ބްރެޒިލް ދައްކާފައިވާ ކުޅުމަށް، ކުޅުންތެރިންނަށް މަލާމާތް ކޮށްފަ އެވެ.

ޓިޓޭ ބުނީ ބްރެޒިލަށް ވަރަށް ޕްރެޝަރު އެބައޮތް ކަމަށާއި، މެޗު އެއްވަރުވެ ޕެނަލްޓީއަށް ދިއުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ. އެހެންކަމުން ބްރެޒިލްގެ ޓީމު މެޗަށް ނިކުންނާނީ، އެ ހުރިހާ ކަމަކަށް ވިސްނައިގެން ކަމަށް ޓީޓޭ ބުންޏެވެ.

ކޯޗު ބުނީ އެންމެ ބޮޑަށް އިތުބާރު ބޭނުންވެފައިވަނީ ޓީމުގެ ފޯވާޑުންނަށްކަމަށާއި، ގިނަ ގޯލުތަކެއް ޖެހުމަކީ މުޅި ޓީމަށް ވެސް އަދި އެންމެނަށް ވެސް ލިބޭ ހިތްހަމަޖެހުމެއްކަމަށް އޭނާ ބުންޏެވެ.
އެގޮތުން، އެ ޓީމުން އެންމެ ފަހުން ކުޅުނު މެޗުގައި، ޕެރޫ ކޮޅަށް ފަސް ލަނޑު ޖެހުނުކަމީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޓީޓޭ ބުންޏެވެ.

ކޯޗު ބުނީ ޕެރަގުއާއީގެ ޓީމު ބަލިކުރަން އުނދަގޫވާނެކަމަށައި، ގަދަ އަށެއްގައި ދަށް ޓީމެއް ނޯންނާނެކަމަށެވެ.