ކުޅިވަރު

އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން އޮސްޓްރޭލިއާ ޖާގަ ހޯދައިފި


އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން އޮސްޓްރޭލިއާ ޖާގަ ހޯދައިފި އެވެ.

ލީގު ބުރުގައި ބާކީ އަދި އެއް މެޗު އޮއްވައި އޮސްޓްރޭލިއާއިން ސެމީގެ ޖާގައެއް ހޯދީ އިނގިރޭސީންގެ މައްޗަށް 64 ލަނޑުން ކުރިހޯދައިގެން ނެވެ.

މެޗުގެ ޓޮސް ދިމާވުމުން އިންގްލޭންޑުން ނިންމީ އުކުމަށެވެ. އޮސްޓްރޭލިއާއިން ކުޅެން އަރައި ފަންސާސް އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 285 ލަނޑު ހެދި އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 100 ލަނޑު ހެދި ކެޕްޓަން އާރޮން ފިންޗް އެވެ.

ޖަވާބުގައި އިންގްލެންޑް ކުޅެން އަރައި އިންގްލެންޑަށް 44.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 221 ލަނޑެ އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ބެން ސްޓްރޯކްސް އެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާއިން އެންމެ ރަނގަޅަށް އުކީ 44 ލަނޑަށް ފަސް ވިކެޓު ނެގި ޖެސަން އެވެ.

މިނަތީޖާއާއިއެކި އޮސްޓްރޭލިއާ އޮތީ ޖުމަލް 12 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނަ މަގާމުގަ އެވެ.
އޮސްޓްރޭލިއާއަކީ މުބާރާތުގައި މިހާތަނަށް ސެމީގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމެ އެވެ. ސެމީގެ ޖާގަތްއް ކަށަވަރުވާނީ ލީގުބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ ހަތަރު ޓީމަށެވެ.