މުނިފޫހިފިލުވުން

އެޑް ޝީރަންގެ "ނަމްބަރ 6" ޖުލައި 12 ގައި


މިޔުޒިކީ ދާއިރާގައި ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން ހޯދާފައިވާ މަޝްހޫރް އެޑް ޝީރަންގެ އައު އަލްބަމެއް ނެރެން ތައްޔާރުވެއްޖެއެވެ. އަންނަމަހު 12 ވަނަ ދުވަހު ރިލީޒްކުރާ މި އަލްބަމަކީ އޭނާގެ އެހެން އަލްބަމް ތަކާއި ތަފާތު އަލްބަމަކަށް ވެގެންދާނެ ކަމަށް އެނާ ބުނެއެވެ. އަދި މިފަހަރު މިނެރޭ އަލްބަމަކީ ކޮލަބަރޭޝަން ޕްރޮޖަކްޓްއެއް ކަމަށްވެއެވެ.

އެޑް ޝީރަންގެ ނަމްބަރ 6 އަލްބަމްގައި ބްރޫނޯ މާސް، ކާޑި ބީ، ހާލިދް، ޓޭވިސް ސްކޮޓްގެ އިތުރުން މަޝްހޫރު ގިނަ ލަވަކިޔުންތެރިންގެ އަޑުތައް ވަނީ ހިމެނެއެވެ.

ގިނަ ބަޔަކުގެ މެދުގައި މަގުބޫލް އެޑް ޝީރަން އެންމެ ފަހުން އަލްބަމެއް ނެރެފައިވަނީ 2017 ވަނަ އަހަރުއެވެ. "ޑިވައިޑް" ނަމުގައި ނެރުނު އެ އަލްބަމަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު އެއަލްބަމްގައި ހިމެނޭ "ޕާފެކްޓް" "ޝޭޕް އޮފް ޔޫ" ފަދަ ލަވަތަކަށް އަދިވެސް ފަނޑުކަމެއް ނައިސް މީހުންގެ ޕްލޭލިސްޓްގެ އެންމެ މަތީގައި ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މިފަހަރު ނެރޭ އައު އަލްބަމަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އިރު އަލްބަމާއި މެދު ކުރެވޭ އުންމީދުތައް ބޮޑުކަމަށް އެޑް ޝީރަން ބުނެއެވެ.