ކުޅިވަރު

2026 ގެ ވިންޓަ އޮލިމްޕިކްސް އިޓަލީގައި


2026 ވަނަ އަހަރު ބާއްވާ ވިންޓަ އޮލިމްޕިކްސް އިޓަލީގައި ބާއްވަން ނިންމައިފި އެވެ.

މުބާރާތް ބާއްވަން އިޓަލީން ހުށަހެޅީ ސްވިޑްންއާ ބައިވެރިވެގެންނެވެ. މި ބިޑް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން މިހާރު ވަނީ ފައިނަލްކޮށްފަ އެވެ. އިޓަލީގައި މުބާރާތުގެ މެޗުތައް ކުޅެން ނިންމާފައިވަނީ މަޝްހޫރު މިލާނުގެ އިތުރުން ފަތުރުވެރި މަންޒިލެއް ކަމަށްވާ ކޯޓިނާގަ އެވެ.

މުބާރާތް އޮންނާނީ ފެބްރުއަރީ މަހުގެ ހަޔަކުން ބާވީހަށް. އިޓަލީގެ އިތުރުން އޮސްޓްރިއާ އާއި ޖަޕާނުން ވެސް މުބާރާތް ބާއްވަން ޝައުގުވެރިވި އެވެ.

ނަމަވެސް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ބުނީ އެންމެ ރަނގަޅު ހުށަހެޅުމަކީ އިޓަލީގެ ހުށަހެޅުން ކަމަށާއި އެ ގައުމުގައި ވަރަށް ކާމިޔާބު އަދި ހިތްގައިމު މުބާރާތެއް ބޭއްވިދާނެ ކަމަށެވެ.