ކުޅިވަރު

ޓީ 20 ޓްރައި ސީރީސްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން މެލޭޝިއާ އަތުން ބަލިވެއްޖެ


މެލޭޝިއާ ޓީ 20 ޓްރައި ސީރީސްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން މެލޭޝިއާ އަތުން ބަލިވެއްޖެއެވެ.
ރާއްޖެއާއި މެލޭޝިއާ ވާދަކުރި މެޗު މެލޭޝިއާއިން ކާމިޔާބުކުރީ 73 ލަނޑުންނެވެ.
މެޗުގެ ޓޮސް ދިމާވުމުން ރާއްޖެއިން ނިންމީ އުކަށެވެ. އެގޮތުން ފުރަތަމަ އިނިންގްސްގައި މެލޭޝިއާއިން ކުޅެން އަރައި ވިހި އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިގެން 186 ލަނޑު ވަނީ ހަދާފައިއެވެ.
އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ފަންސާސް ތިން ލަނޑުހެދި މުޙައްމަދު ޝާފިގް އާއި ސައިދް އަޒީޒީއެވެ.
ޖަވާބުގައި ކުޅެން އަރައި ރާއްޖެއަށް 16.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 113 ލަނޑެވެ. މި އިނިންގްސްގައި ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ 23 ބޯޅައިން 40 ލަނޑުހެދި އަޙުމަދު ހުސައިންއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެލޭޝިއާގެ ސައިދް އަޒީޒީއެވެ.