ސިޔާސީ

ޔާމީން ސަރުކާރުގައި ސިޔާސީ ނުފޫޒު ފޯރި - އީޕީއޭ


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ފޯރާ ކަމަށް އެ އެޖެންސީން ވިދާޅުވެއްޖެއެވެ.

ރުއްގަސް ނެގުން ިއތުރުވެސް އެކަމުގެ ޝަކުވާތައް ބޮޑުވާ މައްސަލާގއި މިއަދު ވަނީ އީޕީއޭ ރައްޔިތުން މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލިމެޓް ކޮމެޓީއަށް ހާޒިރުކޮށްފައެވެ. އެ ކޮމެޓީގެ މެމްބަރުން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދެއްވަމުން އީޕީއޭ ގެ ޑިރެކްޓަރ ޖެނެރަލް އިބްރާޙީމް ނަޢީމް ވިދާޅުވީ އީޕީއޭއަށް ސަރުކާރުގެ ނުފޫޒު ފޯރުވާ ބައެްކަންކަން ސަރުކާތުން ބޭނުންވާ ގޮތަށްކުރުމަށް އެ އޮތޯރިޓީގެ ބާރުތައް އެންވަޔަރަމެންޓް މިނިސްޓްރީން ނަގާ ކަންކަމުގައި ގޮތް ނިންމާފައިވާކަމަށެވެ.

" އީޕީއޭއިން އެކަމެއް އެގޮތަށް ނިންމަން ނުފެންނަނަ ނަމަ އެވާހަކަ ބުނާނެ. ލިޔުމުން ވެސް ބުނާނެ. އެބުނުމަށް ފަހު ދެން އީޕީއޭ ގެ މައްޗަށް ބާރު ފޯރުވޭނެ ފަރާތްތަކެއް ތިބޭ. ނޫނީ އީޕީއޭއިން ކުރާ މަސައްކަތެއް މައްޗަށް އުފުއްލަވައިގެން ކަންކަން ކުރޭ. ބައެއް ފަހަރު އެހެން މިނިސްޓްރީއަކަށް އެބައި ގެންގޮސްގެން ކުރޭ އަޅުގަނޑުމެންނަށް ބާރު ނުފޯރާ މިއަދު މިހާލަތުގައި މިއޮތީ" ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ އީޕީއޭގެ ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކުރަމުން ގޮސްފައިވަނީ އަދި މިހާރުވެސް ކުރަމުން ގެންދަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރު މަސައްކަތް ކޮށްފައިވަނީ ވަރަށް ދަތި އުދަނގޫތަކާއި އެކުގައި ކަމަށްވެސް ނަޢީމް ވިދާޅުވިއެވެ. ނައީމް ވިދާޅުވީ އެއްވެސް ނުފޫޒަކަށް ލެނބި އެއްވެސް ފަރާތުން އެންގި ގޮތަށް އަމަލުކޮށްފައި ނުވާނެކަމަށެވެ.

ނައީމް ވިދާޅުވީ އީޕީއޭއިން ވަކި މަޝްރޫއުތަކެއް ހުއްޓާލަން އެންގިނަމަވެސް ސަރުކާރުން ބޭނުންވެއްޖެނަމަ އެކަން ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށެވެ.