ސިއްހަތު

ދެ ރަށެއްގެ ހޮސްޕިޓަލުގައި ހަދާ އެކްސްޓެންޝަން އިމާރާތުގެ ޑިޒައިން ހެދުމަށް ބަޔަކާ ހަވާލުކޮށްފި


ދެ ރަށެއްގެ ހޮސްޕިޓަލުގައި ހަދާ އެކްސްޓެންޝަން އިމާރާތުގެ ޑިޒައިން ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ ނ.މަނަދޫ ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތް ޑިޒައިން ކުރުމާއި، އިމާރާތް ހެދުމަށް ކުރަންޖެހޭ މަސައްކަތާއި ގުޅޭ ޑީޓެއިލް ރިޕޯޓް ތައްޔާރުކުރުމަށް އިޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވާ ކަމަށެވެ. އަދި ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ރަނގަޅު ފެންވަރަކަށް ބަދަލުކޮށް ހޮސްޕިޓަލްގެ އެކްސްޓެންޝަން ހެދުމާއި އިމާރާތް ހެދުމަށް ކުރަންޖެހޭ މަސައްކަތާއި ގުޅޭ ޑީޓެއިލް ރިޕޯޓް ތައްޔާރުކުރުމަށް ހަވާލްކޮށްފައިވަނީ އެމްޓީސީއާއެވެ.

ރ.އުގޫފާރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއްލައްކަ ހަތްދިހަހާސް ރުފިޔާއަށެވެ. އަދި މަނަދޫގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއްލައްކަ ހަހާސް ރުފިޔާއަށެވެ. އާ އިމާރާތާއި އިމާރާތްހެދުމަށް ކުރަންޖެހޭ މަސައްކަތާއި ގުޅޭ ޑީޓެއިލް ރިޕޯޓް ތައްޔާރުކުރުމަށް ދެ ކުންފުންޏަށްވެސް ދީފައިވަނީ އެއް މަހުގެ މުއްދަތެކެވެ.

ހެލްތް މިނިސްޓްރީން އިއްޔެވަނީ ދެ ރަށެއްގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށްޓަކައި އިތުރު އިމާރާތެއް އެޅުމަށް ބަޔަކާއި ހަވާލުކޮށްފައެވެ. އެއީ ނ.ވެލިދުއާއި، ރ.އަލިފުށީ ސިއްޙީ މަރުކަޒެވެ.