ޚަބަރު

އާ ކޯޓާ އަދި ހަމައެއް ނުޖެހޭ - އިސްލާމިކް މިނިސްޓްރީ


ޙައްޖަށް މީހުން ގެންދިޔުމަށް ސަޢުދީ ސަރުކާރުން ލިބޭ އިތުރު ކޯޓާ އަދިވެސް ހަމަނުޖެހޭކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާފިއު ޢަލީ ވިދާޅުވީ ދެވަނަ ބުރުގައި ލިބޭ ކޯޓާތައް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންގެންދަވާކަމަށެވެ. އެގޮތުން ކޯޓާ ލިބުން އަވަސްކޮށްދެއްވުން އެދި ސައުދީ ސަރުކާރާއި އެކު ދާދި ފަހުންވެސް މަޝްވަރާކޮށްފައިވާކަމަށް ޝާފިއު ވިދާޅުވިއެވެ.

ޙައްޖަށް މީހުންގެންދިޔުމަށް ސަޢުދީ ސަރުކާރުން ރާއްޖެއަށް ކޮންމެ އަހަރަކު ދެނީ 1000 މީހުންގެ ކޯޓާއެވެ. އަދި ޙައްޖު މޫސުމާއި ކައިރިކޮށް ސަޢުދީން އަންނަނީ އިތުރު 1000 ކޯޓާ ރާއްޖެއަށް ދެމުންނެވެ. ދެވަނަ ކޯޓާ ހަމަޖެހުން ލަސްވުމާއި ގުޅިގެން މިދިޔަ އަހަރުވެސް ޙައްޖަށް މީހުން ގެންދިޔުމުގައި ގިނަ ދަތިތަކާއި ކުރިމަތިވިކަމަށް ޖަމާއަތްތަކުން ވަނީ ބުނެފައެވެ.

މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ހުއްދަ ދީފައިވަނީ ކޯޕަރޭޝަންގެ އިތުރުން އަމިއްލަ 5 ޖަމާއަތަކަށެވެ. ކޯޕަރޭޝަަނަށް ދީފައިވަނީ 550 ޖާގައެވެ. ޢަދި ކޮންމެ ޖަމާއަތަކަށް ދީފައިވަނީ 90 ޖާގައެވެ.