މުނިފޫހިފިލުވުން

"ގޮށްރާޅު" ވާދަކުރާނީ "ޕަދްމާވަތާ"


ޑާކްރެއިން އެންޓަޓެއިންމަންޓްގެ މިއަހަރު ކާމިޔާބު ފިލްމް "ގޮށްރާޅު" ސާކް ފިލްމެ ފެސްޓިވަލްގައި ބައިވެރިކުރަން ނިންމައިފިއެވެ.

މިއަހަރު މިހާތަނަށް ސިނަމާތަކަށް ނުކުތް ފިލްތަކުންގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދިޔަ "ގޮށްރާޅު" 9 ވަނަ ސާކް ފިލްމް ފެސްޓިވަލްގައި ވާދަކުރަންޖެހެނީ ބޮލީވުޑްގައި އެތައް ކާމިޔާބީތަކެއް ހޯދި ފިލްމަ "ޕަދުމާވަތް" އާއި އެވެ.

ޑާކްރެއިން ޕްރޮޑަކްޝަން ޓީމުން ދެކެނީ ފިލްމް "ޕަދްމާވަތާ" ވާދަކޮށްލަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.
މި ފަހަރުގެ ސާކް ފިލްމެ ފެސްޓިވަލް ފެށޭނީ އަންނަމަހުގެ ދެވަނަދުވަހުއެވެ.

މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކުރި ގޮށްރާޅުގެ ޑައިރެކްޓަރަކީ އަހްމަދު ޝިނާންއެވެ. ފިލްމުގެ ވާހަކަ އަދި ސްކްރީން ޕެލޭ ތައްޔާރުކޮށްދީފައިވަނީ މޫމިން ފުއާދުއެވެ. މިހާތަަނަށް ނުކުތް ދިވެހި ފިލްމްތަކާއި ތަފާތު ކްރައިމް ތްރައިލާ ސްޓައިލަށް ތައްޔާރުކުރި މި ފިލްމްގެ ލީޑުން ފެނިގެންގޮސްފައިވަނީ ޖުމައްޔިލް ނިމާލްއެވެ. އަދި މި ފިލްމުގައި ހަސަން އިރުފާން ( ޒަކިއްޓޭ ) ދައްކުވައިދިން ރޯލަށް އެތައް ބައެއްގެ ތައުރީފު ލިބިގެންގޮސްފައިވެއެވެ.

ސާކް ފިލްމް ފެސްޓިވަލްގައި ރާއްޖެއިން ބައިވެރިވެ ރަނގަޅު ވަނަތައް އަންނަނީ ހޯދަމުންނެވެ. މި ގޮތުން މަޝްހޫރު ބަތަލާ އައިމިނަތު ރިޝްމީވަނީ 2017 ވަނަ އަހަރު ސާކް ފިލްމެ ފެސްޓިވަލްގެ އެކްޓްރެސްގެ އެވޯޑު އުފުލާލާފައެވެ.