ޚަބަރު

މިދިޔަ ހަފްތާގައި ސްޓިކަރ ޖެހި އަދަދު 1000 ވުރެ މައްޗަށް


ޓްރެފިކް ގަވާއިދާ ޚިލާފުވެގެން މިދިޔަ ހަފްތާގައި ސްޓިކަރ ޖެހި އުޅަނދުތަކުގެ އަދަދު 1000 ވުރެ މައްޗަށް އަރައިފިއެވެ.

ކޮންމެ ހަފްތާއަކު އެއްފަހަރު ފުލުހުން ޢާއްމުކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން ޤަވައިދާ ހިލާފަށް ޕާކުކޮށްގެން މިދިޔަ ހަފްތާގައިވަނީ ހަފްތާގައިވަނީ 1014 ސްޓިކަރ ޖަހާފައެވެ. މިއީ އޭގެ ކުރީ ހަފްތާއަލާ ބަލާއިރު 36 އުޅަނދު އިތުރު އަދަދެކެވެ.

ޓޯކުރި އުޅަނދުތަކުގެ ޢަދަދުވެސް މިދިޔަ ހަފްތާގައި ވަނީ އޭގެ ކުރީ ހަފްތާއަށްވުރެ އިތުރުވެފައެވެ. އެގޮތުން މިހަފްތާގައި ވަނީ ހަތަރު ފުރޮޅުލީ 7 އުޅަނދާއި 17 ސައިކަލެއް ޓޯކޮށްފައެވެ.

މަގުމަތީގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ ތަފާސް ހިސާބުތަކަސް ބަލާއިރު މާލޭގައި މިދިޔަ ހަފްތާގައިވަނީ 42 އެކްސިޑެންޓް ހިނގާފައެވެ. މި އެކްސިޑެންޓްތަކުގައި 4 މީހަކަށް އެކިވަރުގެ އަނިޔާލިބިފައިވާކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި އެކްސިޑެންޓްތަކާއި ގުޅިގެން 18 މީހެއްގެ ލައިސެންސް ހިފަހައްޓާފައިވާކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ ފަހްތާގެ ތެރޭގައި ޖުމްލަ 467 ވެހިކަލް ބަލައި ޗެކްކޮށްފައިވާއިރު ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓަށް މިދިޔަ ހަފްތާގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ ލައިސަންސްނެތި ދުއްވުމުގެ މައްސަލަތަކެވެ. އެގޮތުން ލައިސެންސް ނެތި ދުުއްވި 146 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން ޤަވާއިދުގައި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވައިގެން 35 ވެހިކަލެއް ހިފަހައްޓާފައިވާއިރު، ހެލްމެޓް ނާޅާ ދުއްވި 02 މައްސަލައެއް މިދިޔަ ހަފްތާގައި ހުށައަޅާފައިވާކަމަށް ޓްރެފިކް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.