ޚަބަރު

ކަރެކްޝަންގެ އެމަޖެންސީ ސަޕޯރޓް ގްރޫޕްގެ ކޮމާންޑަރ ސަސްޕެންޑްކުރަން ހޯމްމިނިސްޓަރު އަންގަވައިފި

މާފުށި ޖަލުގައި ހިނގާދިޔަ ޙާދިސާ ތަހުޤީގުކޮށް ނިމެންދެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެމަޖެންސީ ސަޕޯރޓް ގްރޫޕްގެ ކޮމާންޑަރު ސަސްޕެންޑް ކުރަން ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އަންގަވައިފިއެވެ.

ހޯމް މިނިސްޓަރ ވަނީ، މިއަދު މާފުށީ ޖަލުގައި ބުރާސްފަތިދުވަހު ހިނގައިދިޔަ ހަމަނުޖެހުމުގެ ކަންކަން ބެއްލެވުމަށް ޖަލަށް ޒިޔާރަތްކުރައްވައި، މިމައްސަލަ ތަޙްގީގްކުރަމުންދާ ހޯމް މިނިސްޓްރީގެ އިންސްޕެކްޓަރ ޖެނެރަލާއި ޖަލުގެ އޮފިސަރުންނާ ބައްދަލުކުރައްވާފައެވެ.

މި ޒިޔާރަތަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ މިހަމަނުޖެހުން ފެށުނީ ގައިދީއަކު މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރަކަށް އަނިޔާ ކުރުމުންކަމަށެވެ. އަދި މިކަން ކޮންޓްރޯލް ކުރުމަށް މާފުށީ ޖަލުގައި މަސައްކަތް ކުރާ ފަރާތްތަކުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން ހަޤައިދީއަކަށް އެކި ވަރުގެ އަނިޔާ ވެފައިވާކަމަށެވެ. އެގޮތުނ ޤައިދީންގެ ބޯ ތުނިކޮށް ކޮށައި، ޤައިދީންނަށް އެކިކަހަލަ ހާނިކަ ކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިއީ ތަޙްގީގް ކުރަމުންދާ މައްސަލައަކަށްވާތީ މިކަމުގެ އިތުރު ތަފްސީލް ދެއްވުމަށް މިނިސްޓަރވަނީ އިންކާރު ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވި މިފަދަ ޙާލަތްތަކުގައި ޖަލުގެ ކަންކަން އިމަރޖެންސީ ސަޕޯޓް ގްރޫޕުން ޓޭކް އޯވަރކޮށް، ޖަލުގެ ޑިރެކްޓަރާއި ޖަލުގެ އޮޕަރޭޝަންތައް ޙަވާލުކުރަންޖެހޭނެކަމަށެވެ.

"މިކަން ހިނަގައިދިޔައީ ގަވައިދާ އެއްގޮތަށް ނޫން، މިކަމާއި ގުޅިގެން ކަރެކްޝަންގެ އެމަރޖެންސީ ސަޕޯޓް ގްރޫޕްގެ ކޮމާންޑަރ ސަސްޕެންޑް ކުރުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ވަނީ އަންގާފައި" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އަދި މީގެ އިތުރުން އަނިޔާވި ގައިދީންގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގަވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގައި އިހުމާލުވި މީހުންނާމެދު ފިޔަވަޅު އަޅާނީ މިމައްސަލަ ރަނގަޅަށް ތަޙްގީގު ކުރުމަށްފަހުކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ޙާލަތްތައް ހިންގުމަށް، މަގުފަހިވާ ކަންކަން ގައިދީ އަމިއްލައަށް ކުރަމުންދާކަންވެސް ފާހަގަވެފައިވާކަމަށެވެ. އަދި އެކަންކަންވެސް ބަލަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގެ ޙާލަތު އޮތީ އެންމެ ރަނަގަޅަށް ނޫންކަމަށެވެ. ޖަލުގެ ޙާލަތު ދެނެގަނެ އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.