ކުޅިވަރު

ބ. އަތޮޅު ރިޒޯޓް މުބާރާތުގެ ޗެމްޕިއަންކަން އަނަންތާރާ ހޯދައިފި


ބ. އަތޮޅު އިންޓަރ ރިސޯޓް ފުޓްބޯޅަ
މުބާރާތުގެ ޗެންޕިއަންކަން އަނަންތަރާ ކިހަވަށްވިލާސްގެ ޓީމު ހޯދައިފިއެވެ.



 އަނަންތަރާ ޗެންޕިއަންކަން ހޯދީ، ހޯމަ
ދުވަހު ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު ފައިނަލް މެޗްގައި
އަމިއްލަފުށި ޓީމާ ވާދަކޮށް  1 - 0 އިން
މެޗް ކާމިޔާބުކޮށްގެންނެވެ. މެޗްގައި އަނަންތަރާއިންޖެހި ހަމައެކަނި ލަނޑު
ފުރަތަމަ ހާފްގައި ކާމިޔާބުކުރީ އަނަންތަރާ ޓީމްގެ އިމްރާން ނަޝީދު އެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށްވެސް
ހޮވުނީ އޭނާއެވެ.



 ބ.
އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން މީގެ ހަތަރު އަހަރުކުރިން ފެށިގެން އޭދަފުށީ
އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ ސީ.ސީ އިން ބާއްވަމުން އަންނަ މިމުބާރާތުގައި
މިއަހަރު 6 ރިސޯޓަކުން ވާދަކޮށްފައިވެއެވެ. އަނަންތަރާ މިއަހަރު ޗެންޕިއަންކަން
ހޯދިއިރު ފާއިތުވި 3 އަހަރު ޗެންޕިއަން ހޯދި ސޮނެވާފުށި މިއަހަރު މުބާރާތުގައި
ވާދަކޮށްފައެއްނުވެއެވެ.