ފިހާރައެއްގައި މީހަކަށް ބާއްވާފައި ދެވުނު ވޮލެޓަކުން ވިޔަފާރިކުރި ދެމަފިރިއަކު އެ ވޮލެޓް އިއްޔެ ފުލުހުންނަށް ހަވާލުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ވޮލެޓު ފުލުހުންނާއި އެ ދެމަފިރިން އިއްޔެ ޙަވާލުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުޤީގުކުރަމުންނެވެ. ވޮލެޓު ފުލުހުންނާއި ހަވާލުކުރިއިރު އޭގައި ފައިސާ ހުރި ކަމެއް އޮފިޝަލް ވިދާޅެއްނުވެއެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ވޮލެޓުގެ ވެރިފަރާތާއި އެ ވޮލެޓު ޙަވާލު ކުރާނެ ކަމަށެވެ. ނަމަވެސް މިވަގުތު އެމީހާ މާލޭގައި ނެތް ކަމަށާއި އޭނާ މާލެ އައުމުން ވީ އެންމެ އަވަހަކަށް ވޮލެޓު ޙަވާލު ކުރާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ވޮލެޓް ނެގާ އޭގައި ހުރި ފައިސާއިން ވިޔަފާރި ކުރި ދެމަފިރިން އެ ވޮލެޓް ފުލުހުންނާއި ހަވާލުކޮށްފައި މިވަނީ އެ މަންޒަރުތައް ސޯޝަލް މީޑިއާގައި އާއްމުވެ އެ ވޮލެޓް ނެގި ދެމަފިރިންނަށް އެތައް ބަޔަކު ފާޑުކިޔަމުން ދަނިކޮށެވެ.