ކުޅިވަރު

އުރުގުއޭއާ އެއްވަރުކޮށް ޖަޕާން އުއްމީދުއާކޮށްފި


ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ އުރުގުއޭއާ އެއްވަރުކޮށް ޖަޕާން އުއްމީދުއާކޮށްފިއެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ކޯޖީ މިޔޯޝީއެވެ. އޭނާގެ ލަނޑަށް ފަހު އުރުގުއޭއިން ނަތީޖާ ހަމަހަމަކުރީ 32 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ލުއިސް ސުއަރޭޒްއެވެ. ޖަޕާން ދެ ވަނަ ފަހަރަށް ލީޑް ނަގައިދިނީ ވެސް މިޔޯޝީއެވެ. މެޗުގެ 59 ވަނަ މިނިޓްގައި އޭނާ މި ލަނޑު ޖެހިތާ ހަތް މިނިޓް ފަހުން އުރުގުއޭ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ހޯސޭ ޖިމިނޭޒް.
މި ނަތީޖާއާ އެކު ގްރޫޕް ސީގެ އެއްވަނަ ލިބިފައިވަނީ ހަތަރު ޕޮއިންޓާއެކު އުރުގުއޭ އަށެވެ. ދެ ވަނާގައި ތިން ޕޮއިންޓާއެކު އޮތީ ފުރަތަމަ މެޗުގައި 4-0އިން ޖަޕާން ބަލިކުރި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ޗިލީއެވެ. ޖަޕާނަށް ޕޮއިންޓެއް ލިބިފައިވާއިރު އިކުއެޑޯ އަށް ޕޮއިންޓެއް ނުލިބޭނެއެވެ.

މުބާރާތުގައި 12 ގައުމު ތިން ގްރޫޕަކަށް ވާދަކުރާއިރު އަށް ގައުމު ކުއާޓާ ފައިނަލަށް ދާނެއެވެ. އެއީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމާއެކު ޖުމުލަ ހަ ޓީމު އަދި ކޮންމެ ގްރޫޕަކުން ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ މޮޅު ދެ ޓީމުއެވެ.