ޚަބަރު

ޔޫޕީއާރު ނިންމަވާލެއްވުމަށްފަހު ހާރިޖީ ވަޒީރު ރާއްޖެ ވަޑައިގެންފި


އިންސާނީ ހައްޤުތައް ހިމާޔަތް ކުރެވިފައިވާ މިންވަރު ބެލުމަށްޓަކައި ޖެނީވާގައި ބޭއްވި "ޔުނިވާރސަލް ޕީރިއޮޑިކް ރިވިއު" ނިންމާލެއްވުމަށްފަހު ޚާރިޖީވަޒީރު ދުންޔާ މައުމޫން މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.ޖެނީވާގައި ބޭއްވި ޔޫޕީއާރު ބައްދަލުވުމަކީ ކޮންމެ ހަތަރު އަހަރުން އެއްއަހަރު އދ. މެމްބަރު ގައުމުތަކުން އިންސާނީ ހައްގުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. އެބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިންސާނީ ހައްގުތަކާއި ބެހޭގޮތުން ހުށައެޅި ރިޕޯޓް ވަނީ ބަލައިގެންފައެވެ.ރާއްޖެއާ ބެހޭ ސެޝަންގައި އދ. ގެ މެމްބަރު 102 ގައުމަކުން 258 ރެކޮމެންޑޭޝަން ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ރާއްޖެއިން ބަލައިގަނެފައިވަނީ 132 ރެކޮމެންޑޭޝަނެވެ.