ވިޔަފާރި

އެއް ލައްކަ ރުފިޔާގެ އިނާމާއެކު ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި


ރެޑްވޭވްއިން ކުރިއަށްގެންދިޔަ "ރެޑްވޭވް ރޯދަސޭލް"ގެ ނަސީބުވެރިން ހޮވައިފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ސުޕަރ މާކެޓް ޗެއިން؛ "ރެޑްވޭވް"ގެ 10 ފިހާރައެއްގައި 26 ފެބްރުއަރީ އިން 10 ޖޫންގެ ނިޔަލަށް ކުރިއަށްގެންދިޔަ "ރެޑްވޭވް ރޯދަސޭލް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާފައިވަނީ ރެޑްވޭވް މެގަ މޯލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ރެޑްވޭވް ރޯދަސޭލްގެ ބޮޑު އިނާމުކަމުގައިވާ، އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމް ލިބުނީ މުހައްމަދު ޝިޔާމްއަށެވެ. އޭނާގެ އިތުރުން، އިތުރު 25 ފަރާތަކަށްވެސް ވަނީ ސޯފާ ސެޓާއި، ގޭގައި ގެންގުޅޭ ސާމާނުފަދަ އިނާމްތައް ދީފައެވެ.

ރެޑްވޭވްއިން ބުނީ ޕްރޮމޯޝަނުގައި ބައިވެރިވީ 500 ރުފިޔާއަށްވުރެ މަތީގެ ވިޔަފާރިތައްކުރި ފަރާތްތަކަށް ކޫޕަނެއް ދޫކޮށްގެންކަމަށެވެ. އެގޮތުން އެއް ލައްކަ ފަންސާސް ހާހަށްވުރެ ގިނަ ކޫޕަން މިޕްރޮމޯޝަންގެ ތެރެއިން ދޫކުރިކަމަށް ރެޑްވޭވްއިން ބުނެއެވެ.

ރެޑްވޭވްއިން ބުނީ މިއަހަރުގެ ރެޑްވޭވް ރޯދަސޭލްއަކީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުޚީބު ލިބިގެންދިޔަ ޕްރޮމޯޝަނެއްކަމަށެވެ.